ENGLISH
13 އޭޕްރީލު 2026
އެމްޑީޕީއަކީ މާލޭގެ ރައްޔިތުންނަށް ހެޔޮ އެދިގެން މަސައްކަތް ކޮށްދިން ބައެއް ނޫން: އައިފާން
13 އޭޕްރީލު 2026
|
މެމްބަރު އައިފާން
އެންމެ މަޤްބޫލު
އެމްޑީޕީއަކީ އެއްވެސް އިރަކު މާލޭގެ ރައްޔިތުންނަށް ހެޔޮ އެދިގެން މަސައްކަތް ކޮށްދިން ބައެއް ނޫންކަމަށް ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަހުމަދު އައިފާން ވިދާޅުވެއްޖެ އެވެ.
މިއަދު ކުރިއަށްދިޔަ މަޖިލީހުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހީމް ހުށަހެޅުއްވި ބިމާ ބެހޭ ގާނޫނަށް އިސްލާހު ހުށަހެޅުމުގެ ބިލާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މެމްބަރު ވިދާޅުވީ އެމްޑީޕީގެ ސަރުކާރުން ބިމާ ބެހޭ ގާނޫނަށް އިސްލާހުތަކެއް ގެނެސް، ބިމާ ގުޅުންހުރި ކަންކަމުގައި ގަވާއިދާ ހިލާފަށް ކަންކަން ކޮށްފައިވާ ކަމަށެވެ.
"އިންތިހާބު ބޯމަތިވެގެން އައިއިރު އަޅުގަނޑުމެންނަށް ފެނުނީ ޒިންމާދާރުކަން ކުޑަގޮތެއްގައި ކަންތައްތަކެއް ކުރެވިގެން ދިޔަތަން. ކަނޑުންނާއި ފަޅުން ބޯހިޔާވަހިކަމަށް ގޯތި ދޫކުރެވިގެން ދިޔަތަން. ހަގީގަތަކީ އެމްޑީޕީއަކީ ރައްޔިތުންނަށް ހެވެއް އެދިގެން އަދި ހާއްސަ ގޮތެއްގައި މާލޭގެ ރައްޔިތުންނަށް ހެވެއް އެދިގެން އެއްވެސް މަސައްކަތެއް ކޮށްދިން ބައެއް ނޫން. މާލޭގެ އެތައް ރައްޔިތަކަށް އަވާމެންދުރު ދައްކާފައި އެއްވެސް ޕްލޭނެއް ނެތި ކަނޑުންނާއި ފަޅުން ގޯތި ދިނީ. ދީފައި މި ބުނަނީ ކަލޭމެންގެ ގެވަޅު އޮންނާނެއޭ ކަނޑުމެދުގައި،". އައިފާން ވިދާޅުވި އެވެ.
އެމްޑީޕީ ސަރުކާރުން މިގޮތަށް ދީފައި ހުރި ގެވަޅުތަކަށް ބިން ހިއްކައި ގޯތި ކަނޑައި ހަވާލުކުރުމުގެ މަސައްކަތް ކުރީ މި ސަރުކާރުން ކަމަށް މެމްބަރު ވިދާޅުވި އެވެ.
މެމްބަރު ވަނީ ބިމާ ބެހޭ ގާނޫނަށް އެމްޑީޕީގެ ފަރާތުން އިސްލާހު ހުށަހަޅާތީ އެކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.
އެމްޑީޕީން ވެރިކަމުން ފައިބައިގެންދިޔައީ މާލޭގެ ރައްޔިތުންނަށް ބޮޑު ލަނޑެއެްދީފައިކަމަށާއި، ނަމަވެސް މި ސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުންގެ ޒަމާންވީ މި ބޮޑު މައްސަލައަށް ހައްލު ހޯދައިދިނުމަށްކަމަށް މެމްބަރު ވިދާޅުވި އެވެ.