ENGLISH
13 އޭޕްރީލު 2026
ހުރާ އަލިފާނުގެ ހާދިސާ: 15 މީހަކަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދެނީ
13 އޭޕްރީލު 2026
|
ހުރާގައި ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާ. ފޮޓޯ؛އެންޑީއެމްއޭ
އެންމެ މަޤްބޫލު
މާލެ އަތޮޅު ހުރާގައި ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން 15 މީހަކަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ނޭޝަނަލް ޑިޒާސްޓަރ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ފަށައިފި އެވެ.
ކ. ހުރާގައި ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި މީހުން ދިރިއުޅޭ ގެއެއް ބޭނުން ނުކުރެވޭ ވަރަށް އަނދައިގެން ގޮސްފައިވާކަމަށާއި، ހާދިސާގައި ގޭގައި ދިރިއުޅޭ މީހެއްގެ އެއް އަތް ފިހިގެން ފަރުވާ ދީފައިވާ ކަމަށް އެރަށު ކައުންސިލުން މައުލޫމާތު ދީފައިވާކަމަށް އެންޑީއެމްއޭ އިން ބުންޏެވެ.
އެންޑީއެމްއޭއިން ބުނިގޮތުގައި، މި ހާދިސާގެ ސަބަބުން ހާލުގައި ޖެހުނު 15 މީހުންނަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެ އޮތޯރިޓީން މިހާރު ވަނީ ފަށާފަ އެވެ. މި މަސައްކަތް ކުރިއަށް ގެންދަނީ ހުރާ ކައުންސިލާ ގުޅިގެން ނެވެ.
އެގޭގައި އަލިފާން ރޯވާން ދިމާވި ސީދާ ސަބަބެއް އަދި ފިހުނު މީހާއަށް ލިބުނު ގެއްލުމުގެ އެއްވެސް ތަފްސީލެއް އަދި ކަށަވަރެއް ނުވެއެވެ.
ފަހަކަށް އައިސް އަލިފާނުގެ ހާދިސާތައް ގިނަވެފައިވާއިރު، އާއްމުންގެ ގެދޮރާއި މުދަލަށް ވަނީ ގެއްލުން ލިބިފައެވެ.