ENGLISH

13 އޭޕްރީލު 2026

Advertisement

އޮބްޒަރވަރުންނާއި މޮނިޓަރުންނަށްވާން ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

13 އޭޕްރީލު 2026

|

އަޙުމަދު ޙަމީދު

ނިމިދިޔަ އިންތިޚާބުގައި މޮނިޓަރުންތަކެއް

އެޕްރީލް 18 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރު ބުރުގެ ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް އޮބްޒަރވްކޮށް މޮނިޓަރ ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުުރުސަތު ހުޅުވާލައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އެ ފުރުސަތު އެޕްރީލް 12 ވާ އާދީއްތަ ދުވަހުން ފެށިގެން،  އެޕްރީލް 16 ބުރާސްފަތި ދުވަހުގެ 15:00 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

އިންތިޚާބުގެ އިތުރު ބުރުގައި އޮބްޒަރވަރުންނާއި މޮނިޓަރުންނަށް ވުމަށް އެދޭ ފަރާތްތަކުގެ ފޯމު ކޮމިޝަނަށް ހުށަހަޅާނީ މައި ޕޯޓަލް my.elections.gov.mv މެދުވެރިކޮށެވެ. 

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ ފުރަތަމަ ބުރުގައި އޮބްޒަރވަރުންނާއި މޮނިޓަރުންގެ ގޮތުގައި ހަރަކާތްތެރިވުމަށް މި ކޮމިޝަނުން ފާސްދޫކޮށްފައިވާ ފަރާތްތަކުން، މި އިންތިޚާބުގެ އިތުރު ބުރުގައި އޮބްޒަރވަރުންނާއި މޮނިޓަރުންގެ ގޮތުގައި ހަރަކާތްތެރިވުމަށް ހުށަހަޅަން ނުޖެހޭނެ އެވެ.

ކިޔުންތެރިންގެ ހިޔާލު