ENGLISH
12 އޭޕްރީލު 2026
ފަތުރުވެރީން އަންނަ އަދަދު އިތުރުވަނީ، ދުވާލަކު އަންނަ ފަތުރުވެރީން އަދަދު 5000އަށް
12 އޭޕްރީލު 2026
|
މިއަދުގެ ނޫސްވެެރީންގެ ބައްދަލްވުމުގައި ފަތުރުވެރިކަމާއި ބެހޭ ވަޒީރު ތޯރިޤް އިބްރާހިމް --
އެންމެ މަޤްބޫލު
ރާއްޖެ އަންނަ ފަތުރުވެރީންގެ އަދަދު އިތުރުވާން ފަށާފައިވާއިރު މިހާރު ދުވާލެއްގެ މައްޗަށް 5,000 ވުރެ ގިނަ ފަތުރުވެރީން އަންނަ ކަމަށް ފަތުރުވެރިކަމާއި ބެހޭ ވަޒީރު ތޯރިޤް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
މެދުއިރުމައްޗާއި ގަލްފުގެ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރައްވާ މަސައްކަތްތަކުގެ އަދާހަމަ މަޢުލޫމާތު ދެއްވުމަށް މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ އަހަރުގެ މިހާތަނަށް ހަތް ލައްކައަށް ވުރެ ގިނަ ފަތުރުވެރީން ރާއްޖެ އައިސްފައިވާ ކަމަށެވެ.
އަދި މި މަހު އެކަނިވެސް 56,136 ފަތުރުވެރީން ރާއްޖެ އައިސްފައިވާ ކަމަށެވެ. ހަނގުރާމައާ ގުޅިގެން ފަތުރުވެރީން އަންނަ ނިސްބަތް މަދުވި ނަމަވެސް މިހާރު އެ އަދަދު ދަނީ އިތުރުވަމުން ކަމަށް ވިދާޅުވި އެވެ. އެގޮތުން ދުވާލެއްގެ މައްޗަށް 5,103 ފަތުރުވެރީން މިހާރު އަންނަމުންދާ ކަމަށް ވިދާޅުވި އެވެ.
މިއަދު އޮތް ނޫސްވެރީންގެ ބައްދަލްވުމުގައި ދަތުރުފަތުރާއި ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ ހަނގުރާމައިގެ ސަބަބުން މެދުއިރުމަތީން އަންނަ ގިނަ ފްލައިޓްތަކެއް ކޮންމެ ދުވަހަކު ކެންސަލް ވަމުން ދިޔަ ކަމަށެވެ.
ފުރަތަމަ ދުވަސްކޮޅު ދުވާލަކު 20 ފްލައިޓް ކެންސަލްވި އެވެ. ފަހުން އެ އަދަދު ވަނީ 14 އަށް ދަށްވެފަ އެވެ. ވަޒީރު ވިދާޅުވީ ހަނގުރާމައާ ގުޅިގެން މިދިޔަ 45 ދުވަސްތެރޭ 626 ފްލައިޓް ކެންސަލްވެފައިވާ ކަމަށެވެ.
އަދި ވަގުތީ ގޮތުން ރާއްޖެއަށް އުދުހުން ހުއްޓާލި ބައެއް ފްލައިޓްތަކުގެ ދަތުރުތައް މިހާރު ފަށާފައިވާ ކަމަށެވެ. އެގޮތުން ގަތަރު އެއަރވޭސް އާއި އެމެރޭޓްސްގެ ދަތުރުތައް ފެށުން ވަޒީރު ފާހަގަ ކުރެއްވި އެވެ. ވަޒީރު ވިދާޅުވީ ކުރީގެ ހާލަތަށް ނުދިޔަ ނަމަވެސް މިހާރު އެ ދެ އެއަރލައިނުން ވެސް ދުވާލަކު ދެ ފްލައިޓް އޮޕަރޭޓް ކުރަމުންދާ ކަމަށެވެ.
އަދި މިހާރު އައި ބަދަލާއެކު ވައިގެ ދަތުރުތައް 25 އިންސައްތަ އިތުރުވެފައިވާ ކަމަށް ވިދާޅުވި އެވެ.
މިއަދުގެ ނޫސްވެެރީންގެ ބައްދަލްވުމުގައި ވަޒީރު ވިދާޅުވީ ހަނގުރާމައިގެ މި ނާޒުކު ވަގުތުވެސް ވައިގެ މަގުން ގެންނަ ކާގޯ ސަޕްލައިއަށް ބުރޫނާރާ ގޮތަކަށް ކަންކަން އިންތިޒާމު ކުރެވެން ދިއުމަކީ ބޮޑު ކާމިޔާބެއް ކަމަށެވެ.