ENGLISH
12 އޭޕްރީލު 2026
ކުރިއަށް އޮތީ މޫސުން ރަނގަޅު ދުވަސްތަކެއް: މެޓް އޮފީސް
12 އޭޕްރީލު 2026
|
ކ. މާލެ. ފޮޓޯ: ސޯޝަލް މީޑިއާ
އެންމެ މަޤްބޫލު
ކުރިއަށް އޮތީ ރާއްޖެއަށް މޫސުން ރަނގަޅު ދުވަސްތަކެއް ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނެފި އެވެ.
ވާރޭނުވެހި، ހޫނުމިން މަތި ދުވަސްތަކަކަށްފަހު، މޫސުން ރަނގަޅުވާނެކަމަށް ލަފާކުރެވުނު ނަމަވެސް ފިނިހޫނުމިން އަދިވެސް މަތިވެދާނެ ކަމަށް މެޓް އޮފީހުން ބުނެ އެވެ.
މެޓް އޮފީހުން ބުނީ، ކުރިއަށް ދެތިން ދުވަހު ރާއްޖޭގެ ބައެއް ހިސާބުތަކަށް ކެރީގެ އަސަރު ފޯރި ނަމަވެސް އާންމު ގޮތެއްގައި މޫސުން ރަނގަޅުވާނެ ކަމަށެވެ.
މި ހިނގާ އޭޕްރީލް މަހު ވާރޭ ވެހުމުގެ މިންވަރަށް ބަލާއިރު، ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް އާންމުކޮށް ވާރޭވެހޭ މިންވަރަށް ވުރެ މަދުން ވާރޭވެހޭނެ ކަމަށް މެޓުން ވަނީ ލަފާކޮށްފަ އެވެ.
އެހެންނަމަވެސް، ދެކުނުގެ އަތޮޅުތަކަށް އާންމުކޮށް ވާރޭވެހޭ މިންވަރަށް ވުރެ ގިނައިން ވާރޭވެހޭނެ ކަމަށް ވެސް ލަފާކޮށްފައިވެއެވެ.
އޭޕްރީލް މަހަކީ ކޮންމެ އަހަރަކު ވެސް ރާއްޖެއަށް އެންމެ ހޫނުގަދަ މަސް ކަމަށް ވުމާއެކު، މި މަހުގެ ކޮންމެ ދުވަހަކު ވެސް ވަކި ވަގުތުތަކެއްގައި ފިނިހޫނުމިނާ ގުޅޭ މައުލޫމާތު އާންމުކުރަން އެ އިދާރާއިން ވަނީ ނިންމާފަ އެވެ.
އެގޮތުން، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކޮށްފައިވާ ސްޓޭޝަންތައް މެދުވެރިކޮށް ކޮންމެ ދުވަހަކު ފިނިހޫނުމިން އާންމު ކުރެ އެވެ.