ENGLISH

30 މާރިޗު 2026

Advertisement

ދިއްދޫގައި ތަރައްޤީކުރާ މަތީ ފެންވަރުގެ ފުޓްބޯޅަ ދަނޑުގެ ޢަމަލީ މަސައްކަތް ފަށައިފި

28 މާރިޗު 2026

|

މުޙައްމަދު އަދުހަމް

ދިއްދޫ ފުޓްބޯޅަ ދަނޑު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުން. --ފޮޓޯ: އެމްޓީސީސީ

ހއ. ދިއްދޫގައި ތަރައްޤީކުރާ މަތީފެންވަރުގެ ފުޓްބޯޅަ ދަނޑުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ. 

މިއަދު ދިއްދޫގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫޢު ރަސްމީކޮށް ފައްޓަވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އެވެ.

މި ރަސްމިއްޔާތުގައި ވަޒީރު ރާފިޢުގެ އިތުރުން، ދިއްދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ޢަބްދުލް ލަތީފް މުޙައްމަދު އާއި އެމްޓީސީސީގެ މެނޭޖިންގ ޑައިރެކްޓަރ، ޑީސީޕީ (ރިޓަޔާޑް) އަހުމަދު ސަޢުދީ އަދި ހއ. ދިއްދޫ ކައުންސިލްގެ ރައީސް ޢަބްދުﷲ ރަޝީދުއާއި މުޢައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

އެމްޓީސީސީއާ ހަވާލުކޮށްެގެން ކުރިއަށްގެންދާ ދިއްދޫގައި ފުޓްބޯޅަ ދަނޑު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކޮށް، ޕިޗު ހަދައި، ބައުންޑަރީ ފާރު އިމާރާތްކޮށް، ފެންސް ޖަހައި، ލައިޓިންގ ސިސްޓަމް ހަރުކުރުމުގެ އިތުރުން ރޮސްޓްރަމް ހެދުމުގެ މަސައްކަތް ކުރާނެ އެވެ.

މި މަޝްރޫޢަށް ސަރުކާރުން 28.50 މިލިއަން ރުފިޔާ ޚަރަދުކުރުމަށް ހަމަޖެހިފައިވާއިރު، އެ މަސައްކަތް ނިންމާލުމަށް ދީފައިވަނީ 360 ދުވަހުގެ މުއްދަތެކެވެ.

އާބާދީގައި 4186 މީހުން ދިރިއުޅޭ ދިއްދޫގައި ތަރައްޤީކުރެވިގެންދާ ފުޓްބޯޅަ ދަނޑުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނަށް މި ކުޅިވަރުގައި ކުރިއެރުންތަކެއް ހޯދުމަށް މަގުފަހިވެގެންދާނެ އެވެ.

މި މަޝްރޫޢުގެ މަސައްކަތް ނިމުމާއެކު ރައްޔިތުންނަށް ޞިއްޙީ ގޮތުންނާއި، އިޖުތިމާޢީ ގޮތުން ގިނަގުނަ މަންފާތަކާއި ފަސޭހަތަކެއްވެސް ލިބޭނެ އެވެ. އަދި މިކަމުގެ ސަބަބުން ރަށުގެ އިޖްތިމާޢީ ގުޅުުން ބަދަހިވެ އެކުވެރި މުޖުތަމަޢުއެއް ބިނާކުރުމަށް އެހީތެރިކަން ލިބިގެންދާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު