ENGLISH

18 މާރިޗު 2026

Advertisement

ތުލުސްދޫގެ ހޮސްޕިޓަލްގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް

18 މާރިޗު 2026

|

ފާތުމަތު އަދާ

ކ. ތުލުސްދޫ ހޮސްޕިޓަލްގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާކަމަށް އެމްޓީސީސީއިން ބުނެފިއެވެ.

އެމްޓީސީސީން ބުނީ މިހާރު ކުރިއަށްދަނީ ހޮސްޕިޓަލް ބިލްޑިން ކޮލަމްގެ ކޮންކްރީޓްގެ މަސައްކަތްތަކާއި އެކޮމަޑޭޝަން ބްލޮކް ފައުންޑޭޝަން ފުޓިންގެ މަސައްކަތްތައް ކަމަށެވެ.

އެމްޓީސީސީން ފާހަގަ ކުރިގޮތުގައި ހޮސްޕިޓަލް އިމާރާތް ކުރުމުގެ އިތުރުން 238.11 އަކަފޫޓުގެ ސަރވިސް ބްލޮކަކާއި، 1،729 އަކަފޫޓުގެ ހެލްތު ސެންޓަރު ބްލޮކެއްގެ އިތުރުން 167.63 އަކަފޫޓުގެ އެކޮމޮޑޭޝަން ބްލޮކެއް އިމާތަރްކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫއުގެ ދަށުން ތުލުސްދޫގެ ހޮސްޕިޓަލްގައި މެޑިކަލް ވޯޑްތަކާއި، ޑޮކްޓަރަށް ދައްކާ ކޮޓަރި އާއި، ޕްރައިވެޓް ރޫމްތައް ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މީގެއިތުރުން އެކްސްރޭ ކޮޓަރިއަކާއި، ލެބޯޓްރީއަކާއި، ވިއްސާ ކޮޓަރިއަކާއި، އަލްޓްރާ ސައުންޑް ކޮޓަރިއަކާއި އިމަރޖެންސީ ޚިދުމަތްދޭ ޔުނިޓެއްގެ އިތުރުން ހެލްތު ޔުނިޓެއްވެސް ތަރައްޤީ ކުރާނެ ކަމަށްވެސް އެމްޓީސީސީން ވަނީ ބުނެފައެވެ.

މިއީ 101.71 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

ތުލުސްދޫގައި އަލަށް އިމާރަތްކުރާ ސިއްހީ މަރުކަޒުގެ ސަބަބުން މިހާރު އެރަށު ސިއްހީ މަރުކަޒުން ދެމުންދާ ހިދުމަތްތައް ފުޅާވެ ރައްޔިތުންނަށާއި އެ ރަށަށް ރިޔާރަތްކުރާ ފަތުރުވެރިންނަށް ޒަމާނީ އައު ހިދުމަތްތައް ލިބިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު