ENGLISH
26 ފެބްރުއަރީ 2026
އޮކްޓޯބަރު މަހު މި އަހަރުގެ ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު އޮންނާނެ
26 ފެބްރުއަރީ 2026
|
2025 ވަނަ އަހަރު ބޭއްވުނު ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ ތެރެއިން-- ފޮޓޯ: ޕީއެސްއެމް
އެންމެ މަޤްބޫލު
ދިވެހިރާއްޖޭގައި ބާއްވާ އެންމެ ބޮޑު މައުރަޒު ކަމަށްވާ " ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު" މި އަހަރު ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ އޮކްޓޯބަރު މަހު ކަމަށް އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ބުނެފި އެވެ.
ވުޒާރާއިން މިއަހަރު ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރ 23 އިން 31 އަށް ކަމަށެވެ.
ދެހާސް ސައްބީސް ވަނަ އަހަރަކީ "އުފެއްދުންތެރިކަމުގެ އަހަރު" ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ކަނޑައަޅުއްވާފަ އެވެ.
ވުޒާރާއިން ނެރެފައިވާ އިއުލާނުގައި ބުނެފައިވަނީ މިއަހަރުގެ މަޢުރަޒު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދިވެހި އުފެއްދުންތެރިންގެ އުފެއްދުންތައް ދައްކާލެވޭފަދަ މައުރަޒަކާއެކު، ދިވެހިންގެ މަސައްކަތްތެރިކަމަށް އައިސްފައިވާ ކުރިއެރުމުގެ އިތުރުން އުފެއްދުންތެރިކަމަށް އައިސްފައިވާ ތަރައްޤީ އާއި ކުރި އެރުން ފެންނާނެ ފަދަ ގޮތަކަށް ކަމަށެވެެެ.
އިއުލާނުގައި އިތުރަށް ބުނެފައިވަނީ، މިފަހަރުގެ މައުރަޒުވެސް އިންތިޒާމް ކުރެވިގެންދާނީ ، ގިނަ ފަރާތްތަކަކަށް ބައިވެރި ވުމުގެ ފުރުޞަތު ފަހިވެގެންދާ ގޮަތަށް ކަމަށެވެ. އަދި މައުރަޒުގައި ބައިވެރި ވުމުގެ ފުރުޞަތާއި، މައުރަޒުގެ އުޞޫލުތައް މާރޗް މަހުގައި އާންމުކޮށް އިޢުލާނު ކުރެވޭނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
މި ދިޔަ އަހަރު "ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު" ބާއްވާފައިވަނީ މެއި މަހުގެ 23 އިން 31 އަށެވެ. މި މައުރަޒަށް އާންމުންގެ ވަރަށް ބޮޑު ތަރުހީބެއް ވަނީ ލިބިގެން ގޮސްފަ އެވެ.