ENGLISH

26 ފެބްރުއަރީ 2026

Advertisement

ރައީސާއި ޖަލީލު ގުޅިވަޑައިގެން މާލެއަށް ބޭނުންވެފައި ހުރި ކަންކަން ހަލުއިކޮށް ކުރައްވާނެ: ނާޒިމު

26 ފެބްރުއަރީ 2026

|

ޝިފްޒާން އަޙްމަދު

ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހީމް

މާލެ ސިޓީގެ މޭޔަރުގެ މަގާމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީގެ ފަރާތުން ވާދަކުރައްވާ މޫސާ އަލީ ޖަލީލުގެ މޭޔަރުކަމުގައި އޭނާއާއި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒާ ދެ ބޭފުޅުން ގުޅިވަޑައިގެން މާލޭގެ ރައްޔިތުންނަށް ބޭނުންވެފައި ހުރި ކަންކަން ހަލުއިކޮށް ކޮށްދެއްވާނެ ކަމުގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމު ވިދާޅުވެއްޖެއެެވެ. 

ހެންވޭރު މެދު ދާއިރާގައި މިއަދު ކޮންގްރެސް ޕާޓީން ކުރިއަށްގެންދިޔަ "ދޮރުން ދޮރަށް" ހަރަކާތުގައި ރައީސް ޑރ.މުޢިއްޒުގެ އަރިހުގައި ބައިވެރިވެވަޑައިގެން، އެ ސަރަހައްދުގައި ހުންނަވައި އެމްއެމްޓީވީއަށް ދެއްވި ބަސްދީގަތުމުގައި ވަޒީރު ވިދާޅުވީ މިހާރު ގާނޫނުއަސާސީ އޮތް ގޮތުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އެންމެ އަސާސީ ހިދުމަތްތައް ފޯރުކޮށްދެވެނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ލޯކަލް ކައުންސިލުތައް މެދުވެރިކޮށް ކަމަށެވެ. 

އަދި ރައީސް ޑރ.މުޢިއްޒު ރައްޔިތުންގެ އަރިހަށް ކުރައްވަމުންދާ ޒިޔާރަތްޕުޅުގައި އެ ރައްޔިތުންގެ ޝަކުވާއަކަށްވެފައިވަނީ ރައްޔިތުންގެ ވަރަށް އާދައިގެ މުހުތާދުތައް ފުއްދައިނުދެވި ހުރުމާއި، އުފުލަންޖެހޭ ތަކުލީފުތަކާއި ދަތިތައް ކުޑަކުރުމަށް އެކަށީގެންވާ ގޮތަށް މަސައްކަަތްނުކުރެވި އޮތުންކަމަށް ނާޒިމު ވިދާޅުވިއެވެ. ނާޒިމު ވިދާޅުވި ގޮތުގައި މި ކަންްބޮޑުވުންތައް ހައްލުކުރުމަށް އެންމެ މުހިއްމީ ލޯކަލް ކައުންސިލުތަކަށްް އިންތިހާބުވެވަޑައިގަންނަވާ ބޭފުޅުންނަކީ ސަރުކާރާއެކު މަސައްކަތްކުރައްވައިގެން ރައްޔިތުންނަށް ތަރަައްގީ ހާސިލުކޮށްދެއްވުމުގެ ނަޒަރިއްޔާތު ގެންގުޅުއްވާ ބޭފުޅުންނަށްވުމެވެ. 

އެފަދަ ވިސްނުންފުޅެއް ނުގެންގުޅުއްވާ ބޭފުޅުން ކައުންސިލުތަކަށް އިންތިހާބުވެވަޑައިގެންފިނަމަ ސަރުކާރުގެ ސިޔާސަތުތަކާމެދު ލާމަރުކަޒީ ނިޒާމުގެ ތެރެއިން އުފެދިގެން އަންނާނީ ނުކިއްސަރު ކަމެއް ކަމަށާއި، ސަރުކާރަށް ކުރިމަތިވާނީ ނޭނގާނީ އެތައް ކަމެއްކަމަަށް ނާޒިމު ވިދާޅުވިއެވެ. އަދި އޭނާ ވިދާޅުވި ގޮތުގައި އެ ހާލަތުގައި ބުރޫއަރާނީ ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކަށެވެ. 

މިހާރުވެސް ބައެއް ރަށްރަށުގައި މަޝްރޫއުތައް ހިންގުމަށް ބިން ހަމަޖައްސައިނުދިނުން ފަދަ ކަންކަން ކުރިމަތިވަމުންދާކަން ފާހަގަކުރައްވަމުން ނާޒިމު ވިދާޅުވީ ރަނގަޅު ކައުންސިލުތަކެއް އޮވެއްޖެނަމަ އެފަދަ ކަންކަމާ ކުރިމަތިލާންނުޖެހި މަސައްކަަތްތައް ހަލުއިކޮށް ކުރިއަށްގެންދެވޭނެ ކަމަށެވެ. 

މާލެ ސިޓީގެ މޭޔަރުކަމަށް މޫސާ އަލީ ޖަލީލު އިންތިިހާބުކުރަންޖެހޭ ދެ ސަބަބެއް އެބައޮތްކަމަށްް ވިދާޅުވެ ނާޒިމު ފާހަގަކުރެއްވި ފުރަތަމަ ސަބަބަކީ ޖަލީލުގެ މޭޔަރުކަމެއްގައި އޭނާއަށް ރައީސް ޑރ.މުޢިއްޒާ ގުޅިވަޑައިގެން މަސައްކަތްކުރައްވައި، ރައްޔިތުން ބޭނުންވާ ތަރައްގީއާއި ކުރިއެރުން މާލޭގެ ރައްޔިތުންނަަށް ހޯދައިދެއްވޭނެ ކަމުގެ ޔަގީންކަން އޮތުމެވެ. 

"އެއް ސަބަަބަކީ އެމަނިކުފާނަކީ މިއަދު ވެރިކަންކުރާ ޕާޓީން ރައީސް ޑރ.މުޢިއްޒު ދައްކަވާފައި ހުރި ކެންޑިޑޭޓަށްވުން. އެހެންވީމާ އެ ދެ ބޭފުޅުން ގުޅިވަޑައިގެން މާލޭ ރައްޔިތުން އެދޭ ތަރައްގީ ހާސިލުކޮށްދެއްވާނެ،" ނާޒިމު ވިދާޅުވިއެވެ. 

ޖަަލީލަށް ވޯޓުދޭންވީ ދެވަނަ ސަބަބެއްގެ ގޮތުގައި ނާޒިމު ފާހަަގަކުރެއްވީ ގައުމަށް ބޮޑެތި ހިދުމަތްތަކެއް ކުރެއްވި، ފަސްބައިގައި އެއްވެސް ކިލަނބުކަމެއް ނެތް، ގައުމީ ބަތަލެއް ކަމުގައިވުމެވެ. އޭނާގެ ޓްރެކް ރެކޯޑުން މޫސާ އަލީ ޖަލީލަކީ ނަޒާހަތްތެރި، ތެދުވެރި އަމާނާތްތެރި ހިދުމަތްތެރިއެއްކަން ސާބިތުވާކަމަށް ނާޒިމު ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު