ENGLISH

26 ފެބްރުއަރީ 2026

Advertisement

މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ރުފިޔާއާއެކު ހުޅުމާލެއިން ދެ މީހުން ހައްޔަރުކޮށްފި

26 ފެބްރުއަރީ 2026

|

އާމިނަތު ނުޒްލާ

މައްސަލާގައި ތުހުމަތު ކުރެވޭ ދެ މީހުން-- ފޮޓޯ: ފުލުހުންގެ އިދާރާ

މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ހުޅުމާލެއިން ދެ މީހަކު ހައްޔަރުކޮށްފައިވާކަން ފުލުހުން ހާމަކޮށްފިއެވެ. 

ފުލުހުން ބުނީ، މި މީހުން ހައްޔަރުކޮށްފައިވަނީ ވައްކަމުގެ މައްސަލަތަކަށް އަމާޒުކޮށްގެން މި މަހުގެ 23 ވަނަ ދުވަހު ހުޅުމާލެ ތެރޭގައި ފުލުހުން ޕެޓްރޯލްކުރަން އުޅުމުގެ ތެރެއިން ، އެމީހުންނާމެދު ތުހުމަތު ކުރެވިގެން ހުއްޓުވައި ބަލައިފާސް ކުރުމަށްފަހުގައި ކަމަށެވެ.

މި ދެމީހުން ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 10 ރަބަރު ޕެކެޓާއި 30500 އަށްވުރެ ގިނަ ދިވެހި ރުފިޔާއާއި 190 އަށް ވުރެ ގިނަ ޑޮލަރު ފެނިފައިވާ ކަަމަށް ފުލުހުން ބުނެފައިވެއެވެ. 

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ލ. އިސްދޫ / އޯކިޑްމާގެ، ޢަބްދުﷲ ޢަފީފް (40އ) އާއި ތ. ތިމަރަފުށި / ލަކީހައުސް، ޞަފްވާން ޢަލީ (38އ) އެވެ.

ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޢަބްދުﷲ ޢަފީފް (40އ) ހަތް ދުވަހަށް އަދި ޞަފްވާން ޢަލީ (38އ) 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަޙްޤީގުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު