ENGLISH

27 ފެބްރުއަރީ 2026

Advertisement

ޙާފިޡުންނަށް، މެޑެއްޔާއި އިނާމު ދެއްވުން، މާރިޗު މަހުގެ އެއް ވަނަ ދުވަހުގެ ރޭ ބާއްވަނީ

26 ފެބްރުއަރީ 2026

|

އައިމިނަތު ޝަފާ

ޙާފިޒަކަށް ރައީސް ލިޔުން ހަވާލުކޮށް ދެއްވަނީ. ފޮޓޯ؛ރައީސް އޮފީސް

ކީރިތި ޤުރްއާން ހިތުދަސްކުރި ޙާފިޡުންނަށް، ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެއްޔާއި އިނާމު ދެއްވުން، އަންނަ މާޗު މަހުގެ އެކެއް ވާ އާދީއްތަ ދުވަހުގެ ރޭ ބާއްވަވާ ގޮތަށް ހަމަޖައްސަވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ މެޑެއްޔާއި އިނާމު ދެއްވުން އޮންނާނީ، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން  އިންތިޒާމުކޮށް، އިސްލާމީ މަރުކަޒުގައި މިކަމަށްޓަކައި އެ ރޭ ބާއްވަވާ ޚާއްޞަ ޖަލްސާގައި ކަމަށެވެ. ކީރިތި ޤުރްއާން ހިތުދަސްކޮށްގެން ރައީސުލްޖުމްހޫރިއްޔާގެ މެޑެއްޔާއި އިނާމު މިއަހަރު ލިބިވަޑައިގަންނަވަނީ 50 ޙާފިޡުންނަށް ކަމަށް ވެސް  އެ އޮފީހުން މައުލޫމާތު ދެއެެވެ.

ކީރިތި ޤުރްއާން ހިތުދަސްކުރި ޙާފިޡުންނަށް އެންމެ ފަހުން ރައީސުލްޖުމްހޫރިއްޔާ މެޑެއްޔާއި އިނާމު ދެއްވައިފައިވަނީ، ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި 1446 ވަނަ އަހަރުގެ ރަބީޢުލްއާޚިރު މަހުގެ ދެ ވަނަ ދުވަހު ބޭއްވެވި ރަސްމީ ޖަލްސާގަ އެވެ. އެ އަހަރު 28 ޙާފިޡަކަށް ރައީސުލްޖުމްހޫރިއްޔާގެ މެޑެއްޔާއި އިނާމު ލިބިވަޑައިގެންނެވި އެވެ.

ހާފިޒުން ދަސްވެނިވުމަށް ވަކި ޙަފްލާ އެއް ބާއްވަން ފެށީ މި ސަރުކާރުންނެވެ.

އެގޮތުން މި ދައުރުގައި 1000 ޒުވާން ޚަތީބުންނާއި 500 ހާފިޒުން އުފެއްދުމަށް، ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އަދި ޙާފިޒުންގެ އަދަދު އިތުރުކޮށް ޤުރުއާނަަށް ލޯބިކުރާނެ ޖީލެއް ބިނާކުރުމަށް ހިތްވަރު ދެއްވުމަށް ރައީސް ވަނީ ހާފިޒުންގެ އެލަވަންސް މިދިޔަ ޖޫން މަހު އިތުރުކޮށް ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު