ENGLISH

27 ފެބްރުއަރީ 2026

Advertisement

އީސްޕޯޓްސްއަށް ޝައުގުވެރިވޭތަ؟ މާދަމާ ރަމަޟާން އީސްޕޯޓްސް ފެސްޓިވަލް 2026 ފަށަނީ

26 ފެބްރުއަރީ 2026

|

އާމިނަތު ނުޒްލާ

ރަމަޟާން އީސްޕޯޓްސް ފެސްޓިވަލް 2026 މާދާމަ ފެށުން-- ފޮޓޯ: ޔޫތު މިނިސްޓްރީ

ރަމަޟާން އީސްޕޯޓްސް ފެސްޓިވަލް 2026 މަދަމާ ފެށުމަށް ތައްޔާރުވެފައިވާކަމަށް ޔޫތު މިނިސްޓްރީން ބުނެފި އެވެ.

މި މުބާރާތް ކުރިއަށް ގެންދަނީ ޔޫތު މިނިސްޓްރީއާއި އުރީދޫ މޯލްޑިވްސް ގުޅިގެންނެވެ. މި ފެސްޓިވަލަކީ ރާއްޖޭގެ ޒުވާނުންގެ ތެރެއިން އީސްޕޯޓްސްއަށް ޝައުގުވެރިވާ މީހުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ފެސްޓިވަލެއް ކަމަށް ޔޫތު މިނިސްޓްރީން ބުނެފައިވެއެވެ. 

މި ފެސްޓިވަލުގައި އޮންލައިން އަދި އޮފްލައިން ގޭމިންގ މުބާރާތްތައް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. މި ފެސްޓިވަލުގައި ހިމެނޭ ބައެއް ގޭމްތަކުގެ ތެރޭގައި ޕަބްޖީ، އީއޭއެފްސީ، އެމްއެލްބީބީ އަދި ޓެކެން ހިމެނޭ ކަމަށް މިނިސްޓްރީން ބުންޏެވެ.

މި މުބާރާތްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 27 އިން 28 އަށް ޔޫތު ހަބުގަ އެވެ.

މި މުބާރާތުގެ ކޮންމެ ގޭމެއްގެ 1 ވަނައަށް އަންނަ ޒުވާނަކަށް 5000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވެ އެވެ. އަދި ދެވަނައަށްދާ ފަރާތަކަށް 3000 ރުފިޔާ ލިބިގެންދާއިރު، ތިންވަނައަށް އަންނަ ފަރާތަކަށް 2000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވެ އެވެ.

ރާއްޖޭގައި އީސްޕޯޓް މުބާރާތްތަކަކީ އާއްމުކޮށް ބާއްވާ މުބާރާތަކަށް ނުވާތީ، މި ފެސްޓިވަލް ވެގެންދާނީ ، އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް، އެމީހުންގެ ހުނަރު ދައްކާލުމަށް ވަރަށް ރަނގަޅު ފުރުސަތަކަށެވެ.

ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޢިއްޒު މާލޭގައި ހުޅުއްވައިދިން ޔޫތު ހަބާއެކު، ޒުވާނުންނަށް އަމާޒުކޮށްގެން ގިނަ ހަރަކާތްތަކެއް ހަބުގައި އަންނަނީ އިންތިޒާމުކޮށް ބާއްވަމުންނެވެ. އެގޮތުން ޒުވާނުންގެ ހުނަރުތައް ތަރައްޤީ ކުރުމުގެ ތަފާތު ޕްރޮގްރާމްތަކުގެ އިތުރުން، ޒުވާނުންގެ ހުނަރު ދައްކާލުމުގެ އެކި ކަހަލަ ޕްރޮގްރާމްތައް ހިމެނެ އެވެ.

ކިޔުންތެރިންގެ ހިޔާލު