ENGLISH

27 ފެބްރުއަރީ 2026

Advertisement

އިހަވަންދޫގައި ފެން އުފައްދާ އިތުރު ޕްލާންޓެއް ގާއިމުކޮށް ޚިދުމަތް ފަށައިފި

26 ފެބްރުއަރީ 2026

|

ހަނާން އަހުމަދު ނައީމް

އިހަވަންދޫ. އެރަށުގައި އާރުއޯ ޕްލާންޓެއް ގުޅައި ޚިދުމަތް ދޭން ވަނީ ފަށާފައި. ފޮޓޯ: މަސްވެރި އިހަވަންދޫ

ފެނަކައިން ދެމުންގެންދާ ފެނުގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތަށް ދިނުމަށް ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން، ހއ.އިިހަވަންދޫގައި ފެން އުފަންދާ އިތުރު އާރު-އޯ ޕްލާންޓެއް ގުޅައި ޚިދުމަތް ދޭން ފަށައިފިއެވެ.

ފެނަކައިން މީޑިއާތަކާ ހިއްސާކުރި މައުލޫމާތުގައި ބުނީ، އައު އާރު.އޯ ޕްލާންޓްގެ ޚިދުމަތް އެރަށުގައި ފަށާފައިވަނީ މި މަހު 16 ވަނަ ދުވަހުއެވެ. މި އާރު.އޯ ޕްލާންޓަކީ ދުވާލަކު 50 ޓަނުގެ ފެން އުފެއްދުމުގެ ކެޕޭސިޓީ ހުރި ޕްލާންޓެކެވެ.

ފެނަކައިން ބުނީ، މީގެކުރިން އެރަށުގައި ފެނުގެ ޚިދުމަތް ދެމުންގެންދިޔައީ 50 ޓަނުގެ ކެޕޭސިޓީ ޕްލާންޓަކުން އެކަނި ކަމަށްވުމުން އަލަށް މި އިތުރު ކުރެވުނު ކެޕޭސިޓީއާއެކު، ދުވާލަކު ފެން އުފެއްދޭ ވަރު ދެގުނަ ކުރެވި، ދުވާލެއްގެ މައްޗަށް 100 ޓަނުގެ ފެން އުފެއްދުމުގެ ޤާބިލުކަން ލިބިގެންދާނެކަމަށެވެ.

މި އާރު.އޯ ޕްލާންޓާއެކު، އެރަށުގައި ބޭނުންވާ ޑިމާންޑަށް ފެން ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތަކަށް ހައްލެއް ލިބި، ޚިދުމަތް ރަނގަޅުވެގެން ދާނެ ކަމަށްވެސް ފެނަކައިން ބުނެފައިވެއެވެ.

ފެން އުފައްދާ ޕްލާންޓެއް އިހަވަންދޫގައި ގާއިމުކުރިއިރު، ރާއްޖޭގެ ހުރިހާ އަތޮޅަކުން އެސްޓީއޯގެ ރޭޓުގައި ތެޔޮ ލިބޭ ގޮތް ހެދުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫޢުގެ ދަށުން، އިހަވަންދޫގައި ޤާއިމްކުރި ފިއުލް ސަޕްލައި މޯލްޑިވްސް (އެފް.އެސް.އެމް) ގެ ތެޔޮޝެޑުން ރަސްމީކޮށް އިއްޔެ ވަނީ ޚިދުމަތް ދޭން ފަށައިފައެވެ. 

މިކަން އިއުލާންކުރައްވައި އިހަވަންދޫ ކައުންސިލްގެ ރައީސް އަހްމަދު ސޮބާހް ސޯޝަލް މީޑިއާގައި ވިދާޅުވީ، އިއްޔެއިން ފެށިގެން އިހަވަންދޫއިން އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު