ENGLISH

20 ފެބްރުއަރީ 2026

Advertisement

ސިޔާމްގެ ޚަރަދުގައި އުފަންރަށުގައި ފަންނުވެރިކަން ދައްކައިދޭ ރީތި މިސްކިތެއް

20 ފެބްރުއަރީ 2026

|

އަޙުމަދު ޙަމީދު

ސިޔާމްގެ ޚަރަދުގައި ބިނާކުރި މިސްކިތް

ވިޔަފާރިވެރިޔާ އަޙްމަދު ސިޔާމް މުޙައްމަދުގެ ޚަރަދުގައި ނ. ކުޑަފަރީގައި ބިނާކުރި އާ މިސްކިތް މިއަދު ހުޅުވައިފި އެވެ.

ކުޑަފަރީއަކީ ސިޔާމްގެ އުފަން ރަށެވެ. އޭނާ މި މިސްކިތް ބިނާކުރީ އޭނާގެ ބައްޕަގެ ހަނދާނުގަ އެވެ.

"މަސްޖިދު މުޙަންމަދު ޤާސިމް" އަކީ 150 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

މި މިސްކިތް ބިނާކޮށްފައިވަނީ ދިވެހީންގެ ގަދީމީ ތާރީހާއި ސަގާފަތާއި ދިވެހީންގެ މަސައްކަތްތެރިކަމުގެ ތެރޭގައި ހިމެނޭ ހިރިގަލުގެ ވަޑާމާއި ލަކުޑީގެ ވަޑާމާއި ލިޔެލާޖެހުމުގެ މަސައްކަތްތެރިކަމުގެ ފަންނާއި ހުނަރު ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ފެންނާނޭހެނެވެ.

މިއަދު އޮތް ރަސްމިއްޔާތެއްގައި މި މިސްކިތް ހުޅުވައިދެއްވީ ވެސް ސިޔާމް އެވެ.

ކިޔުންތެރިންގެ ހިޔާލު