ENGLISH

20 ފެބްރުއަރީ 2026

Advertisement

އެއްބާރުލުމެއް ނުލިބޭ، ކައުންސިލުން ކުރަންޖެހޭ ކަންކަން ވެސް ކުރަން މި ޖެހެނީ ވުޒާރާ އަށް: ވަޒީރު މުއްޠަލިބް

19 ފެބްރުއަރީ 2026

|

އައިމިނަތު ޝަފާ

ވަޒީރު އެމްއެމްޓީވީއަށް އިންޓަވިއު ދެއްވަނީ.

މިހާރު މާލޭގެ މޭޔަރުކަމުގެ މަގާމުގައި ހުންނެވި އެމްޑީޕީ އަށް ނިސްބަތްވެވަޑައިގަންނަވާ އާދަމް އާޒިމްގެ ފަރާތްޕުޅުން އެއްބާރުލުން ނުލިބޭ ކަމަށް ވިދާޅުވެ، މާލޭ ސިޓީ ކައުންސިލުން ކުރަންޖެހޭ ކަންކަން ވެސް މިހާރު ކުރަން ޖެހެނީ ވުޒާރާއަށް ކަމަށް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު އަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެ އެވެ. 

ކައުންސިލް އިންތިހާބުގައި ޕީއެންސީއަށް ރައްޔިތުންގެ ތާއީދު ހޯދުމަށް ކުރިއަށް ގެންދާ ޑޯޓުޑޯ ހަރަކާތުގައި ޕާޓީގެ ލީޑަރުގެ ހައިސިއްޔަތުން މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވަނީ ބައިވެރިވެވަޑައިގެންފަ އެެވެ. 

އެ ހަރަކާތުގެ ތެރެއިން "އެމްއެމްޓީވީ"އަށް ދެއްވި ބަސްދީގަތުމެއްގައި ވަޒީރު ވިދާޅުވީ ރައްޔިތުންގެ އާއްމު ދިރިއުޅުމާ ގުޅުންހުރި ގިނަ ކަންކަން މާލޭ ސިޓީ ކައުންސިލު މެދުވެރިކޮށް ކުރަން ހަމަޖެހިފައި ވީ ނަމަވެސް މިހާރު އޮތް ކައުންސިލުގެ މޭޔަރު އެކަންކަން ކުރައްވަން މާ ބޮޑު އިސްކަމެއް ދީފައި ނުވާތީ، ރައްޔިތުންނަށް ކުރިމަތިވާ ހުރަސްތައް ނައްތާލުމަށް އެކަންކަން ކުރަން ޖެހެނީ ވުޒާރާގެ ފަރާތުން ކަމަށެވެ.

"މިސާލަކަށް މާލޭގައި ފެން ބޮޑުވާ މައްސަލަ. ހަގީގަތުގައި ކައުންސިލުގެ މެންޑޭޓުގެ ތެރޭގައި ހިމެނޭ ކަމެއް އެކަންކަން ހައްލުކުރުމަކީ. އެހެންނަމަވެސް ކައުންސިލަށް އެކަން ނުކުރެވޭތީ ސަރުކާރުން އެކަން ހައްލު ކުރަން މަސައްކަތް ކުރަމުން މި ގެންދަނީ. ހަމައެއާއި އެކު މާލޭގެ މަގުތަކުގެ ކާނުތައް ސާފުކުރުމުގެ މަސައްކަތް ވެސް މި ކުރަނީ ސަރުކާރުން. މާލޭގެ ބޭރު މަގު ތަރައްގީ ކުރި އިރުވެސް ކައުންސިލުން ދޭންވާ އެއްބާރުލުން ދީފައެއް ނުވޭ. އެތާ ހުރި މާރުކޭޓު ހުސްކޮށްފައި ނުނެގުމުގެ ސަބަބުން ޕޭވްމަންޓު މަސައްކަތްތައް ވެސް ނުކުރެވި އެ އޮތީ. " - އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު އަބްދުﷲ މުއްޠަލިބް

ވުމާއެކު، ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ކުރާ މިފަދަ ކަންކަމުގައި ކައުންސިލުގެ އެއްބާރުލުން ބޭނުންވާ ކަމަށާއި މާލޭ ސިޓީ ކައުންސިލް ކޮންގްރެސް ޕާޓީއަށް ލިބިގެން ދިއުމަކީ މާލޭގެ ކުރިއެރުމަށް އެޅިގެންދާނެ މުހިންމު ފިޔަވަޅެއްކަމަށް ވަޒީރު ވިދާޅުވި އެވެ. 

ކިޔުންތެރިންގެ ހިޔާލު