ENGLISH

19 ފެބްރުއަރީ 2026

Advertisement

މައުމޫން ފައުންޑޭޝަނުން މި އަހަރު ވެސް އިޙްޔާ ފޯރަމް ބާއްވަނީ

19 ފެބްރުއަރީ 2026

|

އަޙުމަދު ޙަމީދު

ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް --

މި އަހަރުގެ ރަމަޟާން މަހުވެސް މައުމޫން ފައުންޑޭޝަނުން އިހްޔާ ޕްރަގްރާމް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް އެ ފައުންޑޭޝަނުން ބުނެފި އެވެ.

އެކަން ހާމަކޮށް މައުމޫން ފައުންޑޭޝަނުން ބުނީ މި އަހަރުވެސް އިހްޔާ ފޯރަމް އޮންނާނެ ކަމަށާ ސިލްސިލާ ޖަލްސާތަކެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި އަހަރުގެ ޖަލްސާތައް އޮންނާނީ:

* ފެބްރުއަރީ 23 ވަނަ ދުވަހުގެ ރޭ

* މާޗް ތިން ވަނަ ދުވަހުގެ ރޭ

* މާޗް 10 ވަނަ ދުވަހުގެ ރޭ

* މާޗް 17 ވަނަ ދުވަހުގެ ރޭ

މި އަހަރުގެ ޖަލްސާތައް އޮންނާނީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގަ އެވެ. މި ޖަލްސާތަކުގައި ފައުންޑޭޝަންގެ ޗެއާމަަން ރައީސް މައުމޫން އަބްދުލްގައްޔޫމާއި ދިނީ އިލްމުވެރީން ވާހަކަފުޅު ދައްކަވާނެ ކަމަށާ ކޮންމެ ޖަލްސާއެއް ވެސް ފެށޭނީ ރޭގަނޑު 10:00 ގައި ކަމަށެވެ.

މައުމޫން ފައުންޑޭޝަނުން ވަނީ ޖަލްސާތަކުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކަށް ދައުވަތު ވެސް ދީފަ އެވެ.

މި އަހަރު އިސްލާމިކް މިނިސްޓްރީން ވެސް އިހްޔާ ފޯރަމް ކުރިއަށް ގެންދާނެ އެވެ. މިނިސްޓްރީގެ ޕްރަގްރާމް މި އަހަރު އަށް ރޭ މާލޭގައި ކުރިއަށް ގެންދާނެ އެވެ. އަދި 10 ރަށެއްގައި ވެސް ފޯރަމްތައް ކުރިއަށް ގެންދަން ވަނީ ނިންމާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު