ENGLISH
19 ފެބްރުއަރީ 2026
ވައި ނުސާފުވުމުން ބޭރަށް ނިކުމެ އުޅުން މަދުކުރުމަށް އެޗް.ޕީ.އޭ އިން އިލްތިމާސްކޮށްފި
19 ފެބްރުއަރީ 2026
|
ދުންފުހުގެ އަސަރު ފެންނަ ފޮޓޯއެއް -- ފޮޓޯ: މިހާރު
އެންމެ މަޤްބޫލު
ދުންފުހުގެ އަސަރުބޮޑުވެ ވައި ނުސާފުވެފައިވާތީ ބޭރަށް ނުކުމެ އުޅުން މަދުކުރުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީީއޭ) އިން އިލްތިމާސް ކޮށްފި އެވެ.
އެ އިދާރާއިން ބުނީ ވައި ނުސާފުވުމުގެ ސަބަބުން އާންމު ސިއްހަތައް ނޭދެވޭ އަސަރު ކުރެ އެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ވެސް އެދިފައިވެ އެވެ.
ވައި ސާފު މިންވަރު ބެލުމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރމެންޓްގެ ލިންކުން iqair.com/maldives ނުވަތަ ނުވަތަ IQAir Visual އެޕް އަޅުއްވައިގެން ބަލައިލެވޭނެ އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން މައުލޫމާތުދޭ ގޮތުގައި ރާއްޖެއަށް ދުންފުހުގެ އަސަރު ވާސިލުވަނީ އިރުއުތުރުން އަންނަ ވަޔާއެކު އެވެ.
ފަހަކަށް އައިސް ކޮންމެ އަހަރަކުވެސް އަހަރުގެ ފަހު ދުވަސްތަކާއި އައު އަހަރު ފެށޭއިރު ރާއްޖެއަށް ދުންފުހުގެ އަސަރު ވަރަށް ބޮޑަށް ކުރެއެވެ. އަދި ބައެއް ދުވަސްވަރު ސިއްޙީ ގޮތުން ނުރައްކާވާ މިންވަރަށް ދުންހުގެ އަސަރު އިތުރުވެ އެވެ.