ENGLISH
19 ފެބްރުއަރީ 2026
ރަމަޟާން މަހު މާލެ ސިޓީގެ 24 މިސްކިތެއްގައި ދިވެހި ޒުވާން ހާފިޒުން އިމާމުވެ ތަރާވީސް ކުރާނެ
19 ފެބްރުއަރީ 2026
|
އަލަށް ހުޅުވުނު ބަރުބަރީ މިސްކިތް-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
އެންމެ މަޤްބޫލު
މި ރަމަޟާން މަހު 24 މިސްކިތެއްގައި، ޒުވާން ހާފިޒުން އިމާމުވެ ތަރާވީޙު ނަމާދު ކުރުމަށް ހަމަޖެހިފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ވަޒީރު ވިދާޅުވީ، ރޯދަ މަހުގެ 3 ވަނަ ހުކުރު ދުވަހު، އިސްލާމީ މަރުކަޒުގައާއި، ސަލްމާން މިސްކިތުގައި އިމާމުވެ ހުކުރު ނަމާދު ކުރާނީވެސް ޒުވާން ޚަތީބުން ކަމަށެވެ. މީގެ އިތުރުން އީދު ނަމާދުގެ ބޮޑު ޖަމާޢަތުގައިވެސް ޒުވާން ޚަތީބުން އިމާމުވެ އީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ސަރުކާރުގެ އަމާޒަކީ 2027 ގައި މާލެ ސަރަޙައްދުގައި އިމާމުވެ ތަރާވީސްކުރާ އެންމެހައި ހާފިޒުންނަކީ ދިވެހިންނަށް ހެދުމަށް މަސައްކަތްކުރުން ކަމަށް ވަޒީރު ވަނީ ވިދާޅުވެފަ އެވެ. މިދައުރުގައި 1000 ޒުވާން ޚަތީބުންނާއި 500 ހާފިޒުން އުފެއްދުމަށް، ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން ރައީސްގެ ވައުދުފުޅާ އެއްގޮތަށް ހާފިޒުންނަށް ދެމުން އަންނަ އެލަވަންސް ދެގުނަ ބޮޑުކޮށް ދޭން ފަށާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހު އެވެ.
ޒުވާން ޚަތީބުން ތަމްރީނު ކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތަށް ބޮޑު އެއްބާރުލުމެއް އަންނަނީ ލިބެމުންނެވެ.
މި ރަމަޟާން މަހު އަތޮޅުތެރޭގެ 10 ރަށެއްގައި އިޙްޔާ ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވާކަން ފާހަގަކޮށް ވަޒީރު ވިދާޅުވީ، މި އަހަރަކީ އަތޮޅުތެރޭގައި އެންމެ ގިނަ އިޙުޔާ ފޯރަމް ބޭއްވިގެންދާނެ އަހަރުކަމަށެވެ.