ENGLISH

19 ފެބްރުއަރީ 2026

Advertisement

ފުލުހުންގެ އިދާރާ ހިންގުން ވަގުތީ ގޮތުން ފަރުހާދުއާ ހަވާލުކުރައްވައިފި

19 ފެބްރުއަރީ 2026

|

ޢަލީ ޝަހީމް

އެކްޓިން ކޮމިޝަނަރުކަމަށް ހަމަޖެއްސި ފަރުހާދު ފިކުރީ.

ޕޮލިސް ކޮމިޝަނަރު ކަމުގެ މަޤާމުގައި ހުންނެވި އިސްމާއީލް ނަވީން، ފުލުހުންގެ ޚިދުމަތުން އިއްޔެ ރިޓަޔާކުރެއްވުމާއި ގުޅިގެން، އެ އިދާރާ ހިންގުން ވަގުތީ ގޮތުން، ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީއާ، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ޙަވާލުކުރައްވައިފިއެވެ. 

ނަވީން ފުލުހުންގެ ޚިދުމަތުން ރިޓަޔާކުރެއްވުމާއި ގުޅިގެން، އެ މަޤާމަށް 45 ދުވަސް ތެރޭ ބޭފުޅަކު އައްޔަނުކުރަން ޖެހޭނެއެވެ. މަޤާމަށް ބޭފުޅަކު އައްޔަނުކުރުމަށް، ޤާނޫނުގައިވާގޮތަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން އެ މަޤާމުގެ ފުރުޞަތު ހުޅުވާލާނެއެވެ. 

ޕޮލިސް ކޮމިޝަނަރު ކަމަށް ބޭފުޅަކު އައްޔަނުކުރެއްވުމުގެ ކުރިން، އެ މަޤާމަށް ކުރިމަތިލައްވާ ބޭފުޅުންގެ ފެންވަރު ވަޒަންކުރާނެއެވެ. ފެންވަރު ވަޒަންކުރުމާއެކު އިންޓަވިއު ޕްރޮސެސް ކުރިއަށްގެންދާނީ ޕޮލިސް ބޯޑުންނެވެ. އޭގެފަހުން މިނިސްޓަރުގެ ލަފާފުޅާއެކު ކޮމިޝަނަރުގެ މަޤާމް ކަނޑައަޅުއްވާނީ ރައީސުލްޖުމްހޫރިއްޔާއެވެ.

ޕޮލިސް ކޮމިޝަނަރު ކަމުގެ މަޤާމަށް ކުރިމަތިލެވޭނީ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް ރޭންކުން ފެށިގެން މަތީގެ އޮފިސަރުންނަށެވެ. 

ޕޮލިސް ކޮމިޝަނަރގެ މަޤާމުގައި ހުންނެވި އިސްމާޢީލް ނަވީން ޝަރަފުވެރިކަމާއެކު ފުލުހުންގެ ޚިދުމަތުން ވަކިވެވަޑައިގެންނެވީ އިއްޔެ އެވެ. 

ޕޮލިސް ކޮމިޝަނަރގެ މަގާމަށް އިސްމާޢީލް ނަވީން އައްޔަނު ކުރެއްވީ ޖޫން 10, 2025 ގަ އެވެ. އޭނާ އެ މަޤާމަށް އައްޔަނު ކުރެއްވީ އެ މަޤާމުގައި ކުރިން ހުންނެވި ޢަލީ ޝުޖާޢު އެޕްެރީލް 25, 2025 ވަނަ ދުވަހު އިސްތިޢުފާ ދެއްވުމުންނެވެ. ޝުޖާޢު އިސްތިޢުފާ ދެއްވުމުން ޕޮލިސް ސާވިސް ވަގުތީ ގޮތުން ހިންގެވީ ވެސް ނަވީން އެވެ.

ކިޔުންތެރިންގެ ހިޔާލު