ENGLISH
17 ފެބްރުއަރީ 2026
ރަމަޟާން މަހު ދަތުރުވެރިންނަށް ޕޯލިއޯ ވެކްސިން ދިނުން އޮންނާނީ ރޭގަނޑު
17 ފެބްރުއަރީ 2026
|
ދަމަނަވެށި. ފޮޓޯ: ދިޔަރެސް
އެންމެ މަޤްބޫލު
1447 ވަނަ އަހަރުގެ ރަމަޟާން މަހު ރާއްޖެއިން ބޭރަށް ދަތުރުކުރައްވާ ފަރާތްތަކަށް ދޭން ޖެހޭ ޕޯލިއޯ ވެކްސިން ދިނުން ރޭގަނޑަށް ބަދަލުކޮށްފިއެވެ.
ދަމަނަވެށިން ބުނީ މި ވެކްސިނަކީ އަނގަޔަށް ދޭންޖެހޭ ވެކްސިނަކަށް ވެފައި ރަމަޟާން މަހު ދުވާލުގަޑީގައި ދެވޭ ވެކްސިނަކަށް ނުވާތީ، އުމްރާއަށް އަދި އެހެނިހެން ބޭނުންތަކުގައި ވަޑައިގަންނަވާ ފަރާތްތަކުގެ ތެރެއިން މި ވެކްސިން ނަންގަވަން ޖެހޭ ބޭފުޅުން ވެކްސިން ޖެހުމަށް ހާއްސަ ވަގުތެއް ކަނޑައަޅާފައިވާކަމަށެވެ.
އެގޮތުން ވެކްސިން ޖެހުމަށް ހުޅުވާފައި ހުންނާނީ 24 ފެބްރުއަރީ ވާ އަންގާރަ ދުވަހާއި 02 މާރިޗުވާ ހޯމަ ދުވަހުގެ ރޭގަނޑު 09:00 އިން 10:00 އަށެވެ.
ރަމަޟާން މަހަށް ގެނެސްފައިވާ މި ބަދަލަށް ސަމާލުވުމަށްވެސް ދަމަނަވެށިން ވަނީ އަންގާފައެވެ.