ENGLISH

17 ފެބްރުއަރީ 2026

Advertisement

އައްޑޫ ސިޓީގައި ޑިޖިޓަލް ހަބް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފި

17 ފެބްރުއަރީ 2026

|

އާމިނަތު ނުޒްލާ

އައްޑޫ ސިޓީ ކައުންސިލް އިދާރާ-- ފޮޓޯ: އައްޑޫލައިވް

އައްޑޫ ސިޓީގައި ޑިޖިޓަލް ހަބް ގާއިމުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް، އެ ސިޓީ ކައުންސިލުން އިއުލާނުކޮށްފި އެވެ.

އިއުލާނުގައި ބުނެފައިވަނީ، މި މަސައްކަތް ކުރުމަށް ބޭނުންވަނީ މިބާވަތުގެ މަސައްކަތް ކުރާ ފަރާތެއް ކަމަށެވެ. އެގޮތުން މި މަހުގެ 19 ވަނަ ދުވަހުން ފެށިގެން މި މަހުގެ 25 ވަނަ ދުވަހާ ހަމައަށް ބިޑް ހުށަހެޅުމަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައިވެއެވެ. ބިޑް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ކުންފުނި ނުވަތަ ވިޔަފާރީގެ ނަން، ފޯނު ނަމްބަރުގެ އިތުރުން މެއިލް އެޑްރެސް އެ ސިޓީގެ ކައުންސިލްގެ ޕްރޮކިއުމެންޓް ޔުނިޓަށް މެއިލް ކުރުމަށް ކައުންސިލުން އެދިފައިވެއެވެ. 

މި މަސައްކަތާއި ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ސެޝަން އޮންނަނީ 2026 ފެބުރުވަރީ 26 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 09:30 ގައި އެ އިދާރާގައި ކަމަށް އިއުލާނުގައި ބުނެފައިވެއެވެ. 

އިތުރަށް އިއުލާނުގައި ބުނެފައިވަނީ، ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ މާރިޗު 5، 2026 ވާ ބުރާސްފަތި ދުވަހުގެ 09:30 ގައި އައްޑޫ ސިޓީ ކައުންސިލް އިދާރާގައި ކަމަށެވެ. މީގެ އިތުރުން ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދުކުރެވޭނެ ކަމަށް ވެސް ބުނެފައިވެއެވެ. 

މަސައްކަތް ޙަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެ ކަމަށާއި، އިތުރު މަޢުލޫމާތު ބޭނުންވާފަރާތްތަކުން [email protected] އަށް މެއިލް ކުރުމުން ލިބޭނެކަމަށް ކައުންސިލުން ބުނެއެވެ. 

ކިޔުންތެރިންގެ ހިޔާލު