ENGLISH
17 ފެބްރުއަރީ 2026
އަފްލަޙްގެ މައްޗަށް އޮތީ ކުޑަކުއްޖަކަށް ތަކުރާރުކޮށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު
17 ފެބްރުއަރީ 2026
|
އަފްލަޙް
އެންމެ މަޤްބޫލު
އިތުބާރުކުރެވޭ މަގާމެއްގައި ހުރެ އެކިދުވަސްމަތިން ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ މައުލޫމާތު ފުލުހުން މިއަދު ހާމަކޮށްފި އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހމ. ޚައިރާތު / މާލެ، ޢަލީ އަފްލަޙު (27އ) އެވެ.
ފުލުހުން ބުނީ ޢަލީ އަފްލަޙު ހައްޔަރުކޮށްފައިވަނީ ފެބްރުއަރީ 11 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 30 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
އަފްލަޙުގެ މައްޗަށް ތުހުމަތު ކުރެވެނީ އިތުބާރުކުރެވޭ މަގާމެއްގައި ހުރެ، ކުޑަކުއްޖެއްގެ އުމުރުން 14 އަހަރުން ފެށިގެން 16 އަހަރާ ދެމެދު ތަކުރާރުކޮށް އެކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވުން ކަމަށް ވެސް ބުންޏެވެ.
އޭނާއަކީ މަޝްހޫރު ޓިއުޝަން ސެންޓަރެއްގެ ވެރިއެކެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.