ENGLISH
17 ފެބްރުއަރީ 2026
ރަމަޟާންމަހު މާލެ ސަރަހައްދުގައި މުދާ އުފުލޭނެ ގަޑިތައް ކަނޑައަޅައިފި
17 ފެބްރުއަރީ 2026
|
މާލޭގެ އެންމެ ބައިބޯ ބާޒާރު މަތީ ސަރަހައްދު. ފޮޓޯ؛ރަސް އޮންލައިން
އެންމެ މަޤްބޫލު
ކުރިއަށް އޮތް ރަމަޟާން މަހު ގްރޭޓަރ މާލެ ސަރަހައްދުގައި މުދާ އުފުލުމަށް ބޭނުންކުރާ އުޅަނދުތަކާއި ބަރު އުޅަނދުތައް ދުއްވުމާއި މުދާ އުފުލުން މަނާ ގަޑިތައް އާންމުކޮށްފި އެވެ.
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ބުނީ ކުރި އިއުލާނެއްގައިވާ ގޮތުން، ރަމަޟާން މަހުގެ އެއް ވަނަ ދުވަހުން 19 ވަނަ ދުވަހަށް، އަދި ޝައްވާލު މަހުގެ 1 ވަނަ ދުވަހުން 7 ވަނަ ދުވަހުގެ ނިޔަލަށް ހެނދުނު 8:00 އިން 9:30އަށް އަދި ހަވީރު 16:30 އިން ރޭގަނޑު 20:00އަށް މުދާ އުފުލުން މަނާވާނެ އެވެ.
އަދި ރަމަޟާން މަހުގެ 20 ވަނަ ދުވަހުން ފެށިގެން އެ މަހުގެ ނިޔަލަށް ހަވީރު 16:30އިން ރޭގަނޑު 20:00އަށް ބަރު އުޅަނދު ދުއްވުމާއި މުދާ އުފުލުން މަނާވާނެއެވެ.
ވުޒާރާއިން ބުނީ މި އެންގުމާއި ޚިލާފުވާ ފަރާތްތައް އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން -/750 ރުފިޔާ އިން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.
ކޮންމެ އަހަރެއްގެ ރަމަޟާން މަހާ ދިމާކޮށް މަގުތަކުގެ ތޮއްޖެހުން ކުޑަކުރުމަށް ބަރު އުޅަނދު ދުއްވުމާއި މުދާ އުފުލާ ވެހިކަލްތައް ދުއްވުން މަނާ ގަޑިތަކެއް ކަމާ ބެހޭ ވުޒާރާތަކުން އެކުލަވާލައި އާއްމުކުރެއެވެ.