ENGLISH

21 ފެބްރުއަރީ 2026

Advertisement

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވުމަށް އެދިވަޑައިގެން، ޗައިނާއަށް އައު އަހަރުގެ ތަހުނިޔާ ރައީސް އަރިސްކުރައްވައިފި

17 ފެބްރުއަރީ 2026

|

ޝިފްޒާން އަޙްމަދު

ރައީސް ޑރ.މުޙައްމަދު މުޢިއްޒު ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ބައްދަލުކުރެއްވުން

ޗައިނާގެ އައު އަހަރުގެ މުނާސަބަތާ ގުޅިގެން ރާއްޖެއާއި އެ ގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވުމަށް އެދިވަޑައިގަތުމާއެކު އެގައުމުގެ ސަރުކާރާއި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އައު އަހަރުގެ ތަހުނިޔާ އަރިސްކުރައްވަައިފިއެވެ. 

މީސްމީޑިޔާގައި ޝާއިއުކުރެއްވި ޕޯސްޓެއްގައި ރައީސްވަނީ ޗައިނާގެ ރައީސް ޝިޖިންޕިންއާއި ޕްރިމިއާ އޮފް ދަ ސްޓޭޓް ކައުންސިލް ލީ ޗިއަންއާއި އެ ގައުމުގެ ސަރުކާރާއި ރައްޔިތުންނަށް ޗައިނާގެ އައު އަހަރުގެ ތަހުނިޔާ އަރިސްކުރައްވާފައެވެ.

ރައީސް ވިދާޅުވި ގޮތުގައި އަލިފާނުގެ އަހަރުގެ ފަހަތުގައިވާ އުންމީދާއި ހިތްވަރާއި ކާމިޔާބަކީ ފާއިތުވެދިޔަ އަހަރުތަކުގައި ބުރަ މަސައްކަތުން ޗައިނާއިން ހާސިލުކޮށްފައިވާ ތަރައްގީގެ އާދަޔާހިލާފު އުސްމިންތައް ރަމްޒުކޮށްދޭ ކަންކަން ކަމަށެވެ. 

މި ރަމްޒީ އަހަރަށް ޝުކުރުވެރިވެ، އިހުތިފާލުކުރަންވީ ގިނަ ކަންތައްތަކެއް ޗައިނާއަށް ހާސިލުކުރެވިފައިވާކަން ފާހަގަކުރައްވަމުން ރައީސްވަނީ ފާއިތުވި ތަނަށްވުރެ ފަހި އުފާވެރި ދުވަސްތަކެއް ޗައިނާއަށް ލިބުމަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ. 

އެއާއެކު އެމަނިކުފާނުވަނީ ރާއްޖެއާއި ޗައިނާގެ މެދުގައި އޮތް ޒަމާންވީ ނުހަނު ރަނގަޅު ގުޅުމާއި އެއްބާރުލުން އެގޮތުގައި ކުރިއަށް ގޮސް އިތުރަށް ބަދަހިވެ، އެ ގުޅުމުގެ ސަބަބުން ދެ ގައުމުގެ ރައްޔިތުންނަށް އިތުރު މަންފާ ލިބުމަށް އެދިވަޑައިގެންފައެވެ. 

ކިޔުންތެރިންގެ ހިޔާލު