ENGLISH
11 އޭޕްރީލު 2025
ޑަބަލްސް ޗެމްޕިއަންކަން އަޒްމީން އާއި ޚާތިމް އަދި ވިދާދު އާއި ވިޝާމާގެ ޕެއާ އަށް
09 ޑިސެމްބަރު 2024
|
ވިދާދް (ކ)، ވިޝާމާ (ކ-2) އާއި އަޒްމީން (ވ-2) އަދި ޚާތިމް (ވ). --ފޮޓޯ: ޕީއެސްއެމް
ދެވަނަ ކެރަމް ކޮމިއުނިޓީ ޝީލްޑުގެ ޑަބަލްސް އިވެންޓުގެ ޗެމްޕިއަންކަން އިސްމާއިލް އަޒްމީން އާއި ޚާތިމް ޚަލީލް އަދި އައިމިނަތު ވިދާދު އާއި އާމިނަތު ވިޝާމާގެ ޕެއާ ކާމިޔާބުކޮށްފިއެވެ.
މާލޭ ކެރަމް ހޯލްގައި ކުރިއަށްދާ މި ފަހަރުގެ މުބާރާތުގައި ރޭ ކުޅުނު ފިރިހެނުންގެ ޑަބަލްސް ފައިނަލްގައި އަޒްމީން އާއި ޚާތިމްގެ ޕެއާ ވަނީ 2-1 ސެޓުން އަލީ އާޒިމް އާއި އިބްރާހިމް ހުޖާން އަލީ އަތުން މޮޅުވެފައެވެ. މި މެޗުގެ ސެޓުތައް އަޒްމީން އާއި ޚާތިމްގެ ޕެއާ ގެންދިޔައީ، 06-25، އާއި 20-15 އަދި 23-12 އިންނެވެ.
ތިންވަނަ ހޮވުމަށް ކުޅުނު މެޗުގައި ހަސަން ނާޒިމް (ނާނަ) އާއި އަހުމަދު އިކްލީލްގެ ޕެއާ ވަނީ ސީދާ ދެ ސެޓުން މޮޅުވެފައެވެ. މި މެޗުގެ ސެޓުތައް އެ ދެ ކުޅުންތެރިންގެ ޕެއާ ކާމިޔާބުކުރީ 25-10، 17-13 އިންނެވެ.
މުބާރާތުގެ އަންހެން ޑަބަލްސް ފައިނަލްގައި ވިދާދު އާއި ވިޝާމާގެ ޕެއާ ވަނީ ސީދާ ދެ ސެޓުން ފައިނާޒް އާއި އަފީފުއްނިސާ ބަލިކޮށްފައެވެ. ވިދާދު އާއި ވިޝާމާގެ ޕެއާ މި މެޗުގެ ސެޓުތައް ގެންދިޔައީ 25-4، 25-4 އިންނެވެ.
މި އިވެންޓުގެ ތިންވަނަ ހޮވާ މެޗުގައި އައިމިނަތު ޝުބާ އާދަމް އާއި ފާތިމަތު ރަޔާނާގެ ޕެއާ ވަނީ އާމިނަތު ސިޔާނާ އާއި އާމިނަތު ޖުނާގެ ޕެއާގެ މައްޗަށް ސީދާ ދެ ސެޓުން ކުރިހޯދާފައެވެ. މި މެޗުގެ ސެޓުތައް ޝުބާ އާއި ރަޔާނާގެ ޕެއާ ކާމިޔާބުކުރީ 25-4، 25-0 އިންނެވެ.
މި މުބާރާތުގައި މިހާރު ކުރިއަށްދަނީ ފިރިހެން އަދި އަންހެން ސިންގަލްސް އިވެންޓްގެ މެޗުތަކެވެ.