ENGLISH
04 ފެބްރުއަރީ 2026
މިމަހުގެ 12 ވަނަ ދުވަހު ދައުލަތުގެ މުވައްޒަފުންނަށް ރޯދަ އިނާޔަތް ދޭނެ
04 ފެބްރުއަރީ 2026
|
ސަރުކާރު މުވައްޒަަފުންނަށް އަންނަ ހަފުތާ ހޯމަދުވަހު ރޯދަ އިނާޔަތް ޖަމާކުރަން މާލީ ވުޒާރާއިން އަންގައިފި
އެންމެ މަޤްބޫލު
މި މަހުގެ 12 ވަނަ ދުވަހު ސަރުކާރާއި ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުންނަށް ރޯދަ އިނާޔަތް ޖަމާކުރުމަށް މާލީ ކަންކަމާއި ތަރައްގީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން އިދާރާތަކަށް އިރުޝާދު ދީފިއެވެ.
އެ ވުޒާރާއިން ކުރިއަށް އޮތް 1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ އިނާޔަތުގެ ފައިސާ ސަރުކާރާއި ދައުލަތުގެ އިދާރާތަކުން މުވައްޒަފުންނަށް ދިނުމުގައި އަމަލުކުރަންވީ ގޮތްތައް ބަޔާންކޮށް މާލިއްޔަތާ ބެހޭ ސާކިއުލާއެއް ނެރެ އިދާރާތަކަށް ފޮނުވާފައިވެއެވެ.
އެގޮތުން އެ ވުޒާރާއިން އަންގާފައިވަނީ ދެ ތަނެއްގައި މުސާރަ ލިބޭ ގޮތަށް ދެ ވަޒީފާ އަދާކުރަމުންދާ މުވައްޒަފުންނަށް އިނާޔަތުގެ ފައިސާދޭއިރު އެމީހަކަށް އަސާސީ ވަޒީފާ އަދާކުރަމުން އަންނަ އިދާރާއިން އެކަނި ރޯދަ އިނާޔަތް ދިނުމަށެވެ. އަދި އިތުރަށް ވަޒީފާ އަދާކުރާ އޮފީހުން ރޯދަ އިނާޔަތް ނުދިނުމަށް އަންގާފައިވެއެވެ.
އަދި ސާކިއުލާގައިވާ ގޮތުން ރޯދަމަސް ފެށޭއިރު "ޕޭ ލީވް" ގައި ނުވަތަ "ނޯ ޕޭ ލީވް"ގައި ތިބޭ މުވައްޒަފުންނަށް ރޯދަ އިނާޔަތް ނުލިބޭނެއެވެ. އަދި ޜޯދަމަސް ފެށޭފަހުން މިފަދަ ލީވްއެއްގައި ހުރި މުވައްޒަފަކު ވަޒީފާއަށް ނުކުމެއްޖެނަމަ އެމީހަކު ވަޒީފާއަށް ނިކުތް ތާރީހުން ފެށިގެން ރޯދަމަހުގައި ބާކީ އޮތް މުއްދަތަށްވާ ފައިސާ ރޯދަ އިނާޔަތުގެ ގޮތުގައި ދިނުމަށް އިރުޝާދު ދީފައިވެއެވެ.
އަދި އިނާޔަތުގެ ފައިސާއާ ގުޅޭ މައުލޫމާތު މި މަހުގެ ދިހަވަނަ ދުވަހުގެ ކުރިން ޕަބްލިކް އެކައުންޓިން ސިސްޓަމަށް އަޕްލޯޑުކޮށް ޕޯސްޓުކުރުމަށްވެސް އެ ވުޒާރާއިން އަންގާފަައިވެއެވެ.
ވަޒީފާއާ ބެހޭ ގާނޫނުގައި ބުނެފައިވާ ގޮތުން ވަޒީފާ އަދާކުރާ ކޮންމެ މުސްލިމު މުވައްޒަފަކަށް ރަމަޟާން މަހުގެ އިނާޔަތުގެ ގޮތުގައި 3،000 ރުފިޔާ ދޭންޖެހޭނެއެވެ.
ކަލަންޑަރުގައި ބަޔާންކުރާ ގޮތުން މި އަހަރުގެ ރަމަަޟާން މަސް ފެށޭނީ ހިނގަމުންދާ ފެބްރުއަރީ މަހުގެ 18 ވަނައަށްވާ ބުދަދުވަހުއެވެ.