ENGLISH

02 ފެބްރުއަރީ 2026

Advertisement

ޑިސެންބަރު މަހު އިންފުލޭޝަން އެއް އިންސައްތަ ދަށަށް

02 ފެބްރުއަރީ 2026

|

ޝިފްޒާން އަޙްމަދު

މުދަލާއި ހިދުމަތުގެ އަގު ނިމުނު އަހަރު މަތިވި، ފޮޓޯ: މިހާރު

ފާއިތުވި ޑިސެންބަރު މަހު ރާއްޖޭގެ އިންފުލޭޝާން ނުވަތަ މުދަލާއި ހިދުމަތުގެ އަގު ނޮވެންބަރު މަހާ އަޅާބަލާއިރު އެއް އިންސައްތައިން ދަށަށް ދިޔަކަން މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. 

އެމްއެމްއޭއިން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ޑިސެންބަރު މަހު ރާއްޖޭގެ އިންފްލޭޝަން ހުރީ 0.4 އިންސައްތައިގައެވެ. ނޮވެންބަރު މަހުގައި އިންފްލޭޝަން ހުރީ 1.4 އިންސައްތައިގައެވެ. އެހެންކަމުން މަހުން މަހަށް އިންފުލޭޝަންވަނީ އެއް ޕަސެންޓު ދަށްވެފައެވެ. 

ދަތުރުފަތުރާއި ގެދޮރުވެރިަކމާއި ފެނާއި ކަރަަންޓާއި ގޭހާއި އެނޫންވެސް ތެލުގެ ބާވަތްތަކުގެ އިންފުލޭޝަން ފާއިތުވި ޑިސެންބަރު މަހު ދަށްވިއެވެ. އެގޮތުން ދަތުރުފަތުރުގެ އިންފްލޭޝަން 1.6 އިންސައްތަ ދަށްވިއިރު، ގެދޮރާއި ފެނާއި ކަރަންޓާއި ގޭހާއި އެނޫން ތެލުގެ ބާވަތްތަކުގެ އިންފްލޭޝަން 3.1 އިންސައްތަ ދަށްވެފައިވެއެވެ. 

މައުލޫމާތާއި މުވާސަލާތުގެ ދާއިރާ 0.6 އިންސައްތަ ދަށްވިއިރު އެންމެ ބޮޑަށް މަތިވީ ރެސްޓޯރެންޓުތަކާއި އެކޮމަޑޭޝަން ހިދުމަތްތަކުގެ އަގެވެ. އެގޮތުން  ރެސްޓޯރެންޓުތަކާއި އެކޮމަޑޭޝަން ހިދުމަތްތަކުގެ އަގުވަނީ 5.0 އިންސައްތަ މަތިވެފައެވެ. 

މި ހިސާބުތަކަށް ބަލާއިރު ޑިސެންބަރު މަހަކީ 2025 ވަނަ އަހަރު އެންމެ އިންފުލޭޝަން ދަށްވި މަހެވެ. އެންމެ ބޮޑަށް އިންފުލޭޝަން މަތިވީ އޭޕްރީލު މަހުއެވެ. އެ މަހުގައި 5.9 އިންސައްތައަށް އިންފުލޭޝަން އެރިއެވެ. 

ކިޔުންތެރިންގެ ހިޔާލު