ENGLISH
02 ފެބްރުއަރީ 2026
މާފަރު އެއާޕޯޓުގެ ޓާމިނަލް ބޮޑުކުރުމުގެ އަމަލީ މަސައްކަތްތައް ފެށުމުގެ ފަހުގެ ތައްޔާރީތައްވެއްޖެ
02 ފެބްރުއަރީ 2026
|
ގިނަ އދަދެއްގެ ޖެޓް މާފަރު އެއާޕޯޓާއް ޖައްސާފައި ، ފޮޓޯ: އައިލެންޑް އޭވިއޭޝަން
މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް ބޮޑުކުރުމުގެ މަސައްކަތް ކުރުމަށްޓަކާ ބޭނުންވާ ސާމާނު ހަމަކޮށް މަސައްކަތް ފެށުމައް ތައްޔާރުވެއްޖެއެވެ.
މި މަޝްރޫއުގެ މަސައްކަތްތައް ކުރުމުށް މިހާރުވަނީ ޗައިނާ ކުންފުންޏަކާ ހަވާލުކޮއްފައެވެ. އަދި އެއްބަސްވުމުގައި ސޮއިކޮއްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުއެވެ. މި މަޝްރޫއަކީ 3.6 މިލިއަން ޑޮލަރުގެ އަގެއްގައި 10 މަސް ދުވަސްތެރޭ ނިންމަން ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.
މި އެއާޕޯޓުގެ ހިދުމަތްތައް ދޭނީ ޤައުމީ އެއާލައިން މޮލްޑިވިއަން ހިންގާ ކުންފުނި އައިލޭންޑް އޭވިއޭޝަން ސާވިސަސްއިންނެވެ.
މާފަރު އެއާޕޯޓުގެ ޓާމިނަލް ބޮޑުކުމުގެ މަޝަރޫއުގެ ދަށުން މިހާރުގެ ޓާމިނަލާ އިންވެގެން 2 ފަންގިފިލާގެ އިމާރާތެއް އެޅުމަށްވަނީ ހަމަޖެހިފައެވެ
ޓާމިންލް ބޮޑުކުރުމުގެ އަމަލީ މަސައްކަތް ފާށާފައިވާއިރު، މި މަސައްކަތަށް ބޭނުންވާ ސާމާނު ޗައިނާ ކުންފުނިން މިހާރު ވަނީ މާފަރަށް ގެންގޮސްފައެވެ. އެގޮތުން އެކުންފުނިން ވަނީ ބަލްކް މުދަލާ ހެވީ ވެހިކަލް ގެނެސްފައެވެ.
ބޮޑުކުރާ ޓާމިނަލް އިމާރާތަކީ 6238 އަކަފޫޓުގެ ޖާގައިގެ އިމާރާތެއް ކަމުން މި އިމާރާތް ތަރައްގީ ކުރުމުގެ ސަބަބުން މުޅި ޖުމްލަ ޓާމިނަލްގެ ޖާގަ 12،476 އަކަފޫޓަށް އިތުރުވެގެން ދާނެއެވެ.
އަތޮޅުތަކުގެ އެއާޕޯޓުތަކުގެ ތެރެއިން އެންމެ ގިނަ ދަތުރުތަކެއް އޮންނަ އެއާޕޯޓަކީ މާފަރު އިންޓަރނޭޝާނަލް އެއާޕޯޓެވެ. އެގޮތުން ޕީކް ސީޒަންގައި ގާތްގަޑަކަށް 20-25 ދަތުރު މި އެއާޕޯޓުން ކުރެއެވެ. މާފަރު އެއާޕޯޓަށް ގިނަ އަދަދަކަށް ޕްރައިވެޓް ޖެޓް ޖައްސައެވެ، ސަބަބަކީ ނ.އަތޮޅަކީ ރާއްޖޭގެ އެންމެ ގިނަ ލަގްޒަރީ ރިސޯޓުތައް އޮންނަ އަތޮޅަށް ވުމެވެ.
ޓާމިންލްގެ އައު އިމާރާތް ތަރައްޤީކޮށް ނިމުމުން ގިނަ ހިދުމަތްތައް ފުޅާވެގެން ދާނޭ ކަމަށް އައިލޭންޑް އޭވިއޭޝަނުން ބުނެއެވެ.
މާފަރު އިންޓަނޭޝަނަލް އެއާޕޯޓަކީ އުތުރު އަތޮޅުތަކުގައިވާ ލަގްޒަރީ ރިސޯޓުތަކަށް ދަތުރުކުރުމުގެ މަގު ފަހިކޮށްދީ، ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ތަރައްގީކޮށް ކުރިއެރުވުމަށް އެޅުނު މުހިއްމު ފިޔަވަޅެކެވެ.