ENGLISH

02 ފެބްރުއަރީ 2026

Advertisement

އަމީން މިއާގެ މަރާ ގުޅިގެން ހައްޔަރުކުރި މީހާގެ މައްޗަށް ގަސްތަކާ ނުލައި މީހަކު މެރުމުގެ ތުހުމަތު

02 ފެބްރުއަރީ 2026

|

ޝިފްޒާން އަޙްމަދު

ތިލަފުށީގައި އެކްސްކަވޭޓަރެއް އޮޕަރޭޓުކުރަނީ، ފޮޓޯ: އެޗްޑީސީ

ތިލަފުށީގެ ވޯކް ސައިޓެއްގައި މަރުވެފައި އޮއްވައި ފެނުނު ބިދޭސީ މީހާގެ މަރާ ގުޅިގެން ހައްޔަރުކުރި ލަންކާ މީހޭގެ މައްޗަށް ގަސްތަކައި ނުލައި މީހަކު މެރުމުގެ ކުށުގެ ތުހުމަތުކޮށްފިއެވެ. 

ބަންގްލަދޭޝަށް ނިސްބަތްވާ އުމުރުން 24 އަހަރުގެ އަމީން މިއާ މަރުވެފައި އޮއްވައި ތިލަފުށިން ފެނުނީ ފާއިތުވި ޖަނވަރީ މަހުގެ 28 ވަނަ ދުވަހުއެވެ. އޭނާ ގެއްލިގެން ފުލުހުންގެ ހިދުމަތަށް ރިޕޯޓުކޮށްފައިވަނީ އޭގެ ދެ ދުވަސްކުރިން ޖަނަވަރީ މަހުގެ 26 ވަނަ ދުވަހުއެވެ. 

މި މައްސަލާގައި ހައްޔަރުކުރީ ލަންކާ މީހެއްކަމަަށް 32 އަހަރުގެ ހެޝަން މަދުރަންގަ ޑިސަނަޔަކަ މެނިކައެވެ. އޭނާ ހައްޔަރުކުރުމަށްފަހު ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހަތް ދުވަސް އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުންވަނީ އަމުރުކޮށްފައެވެ. 

އެ އަމަރުގައި ބުނެފައިވާ ގޮތުން އަމީން މިއާ މަރުވީ ލަންކާ މީހާ ދުއްވަން އޮޕަރޭޓުކުރި އެކްސްކަވޭޓަރެއްގެ ދަތްގަނޑުގައި ޖެހި ވެއްޓިގެންނެވެ. އަދި ކުނިތަކާއެކު އޭނާގެ ހަށިގަނޑު އެހެން ދިމާލަކަށް ބަދަލުވިކަމަށްވެސް ފުލުހުން ކޯޓުގައި ބުނެފައިވެއެވެ. 

ކޯޓު އަމުރުގައިވާ ގޮތުން އޭނާގެ މައްޗަށް ކުރާ ތުހުމަތަކީ ގަސްތަކާ ނުލައި މީހަކު މެރުމުގެ ތުހުމަތެވެ. އެ ތުހުމަތުކުރެވޭ މިންވަރަށް ކޮންމެވެސް މިންވަރެއްގެ ހެކި ހުރިކަމަށާއި، އޭގެ ތެރޭގއި ހާދިސާގެ ރިޕޯޓާއި ސީސީޓީވީ ސްނެޕްޝޮޓުތަކެއް ހިމެނޭކަން އަމުރުގައި ފާހަގަކުރިއެވެ. 

ފުލުހުން ބުނި ގޮތުގައި ލަންކާ މީހާ ދުއްވި އެކްސްކަވޭޓަރު އަމީން މިއާ ގައިގައި ޖެހުނެވެ. އަދި އޭނާ މަރުވީ އެކަމުންކަމަށް ބެލެވޭއިރު އެ އެކްސްކަވޭޓަރު އޮޕަރޭޓުކޮށްފައިވަނީ ބަލަންޖެހޭ މިންވަރަށް ނުބަލައިކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. 

ފުލުހުން ބުނި ގޮތުގައި އެކްސްކަވޭޓަރުން އަމީން މިއާ ގައިގަ ޖެހުނުނަމަވެސް މަސައްކަތް މެދުކަނޑައިނުލައި ކުރިއަށްގެންދިޔައެވެ. 

ކިޔުންތެރިންގެ ހިޔާލު