ENGLISH

10 އޭޕްރީލު 2025

Advertisement

އެވަޓަން އާ ލިވަޕޫލް ކުޅެން އޮތް ޑާބީ ކެންސަލްކޮށްފި

07 ޑިސެމްބަރު 2024

|

މުޙައްމަދު އަދުހަމް

އެވަޓަންގެ ދަނޑު، ގުޑިސަން ޕާކްގެ ކައިރިން ނަގާފައިވާ މަންޒަރެއް. --ފޮޓޯ: ގެޓީ އިމޭޖަސް

އިނގިރޭސި ޕްރިމިއަރ ލީގުގައި މިއަދު ހަވީރު ކުޅެން ހަމަޖެހިފައި އޮތް އެވަޓަން އާ ލިވަރޕޫލް ބައްދަލުކުރާ މެޗު ސަލާމަތީ ކަންބޮޑުވުންތަކާ ހުރެ ކެންސަލްކޮށްފިއެވެ.

މި ނިންމުން ނިންމާފައިވަނީ، އިންގްލެންޑްގެ ސަރަޙައްދުތަކަށް ތޫފާން ޑާރާގެ ސަބަބުން ދިމާވަމުން އަންނަ މޫސުމީ ގޮންޖެހުންތަކާ ގުޅިގެންނެވެ. މިއަދު ހެނދުނުގެ ވަގުތެއްގައި އެ ސަރަޙައްދަށް މޫސުން ގޯސްވާނެކަމުގެ އިންޒާރެއް ނެރެފައިވެއެވެ.

އެވަޓަންގެ ދަނޑުކަމަށްވާ، ގުޑިސަން ޕާކުގައި ޕްރިމިއަރ ލީގުގައި އެ ދެ ޓީމުގެ މެދުގައި ކުޅެވޭނެ އެންމެ ފަހު 'ޑާބީ' ފަސްކުރުމަށް ނިންމާފައިވަނީ ސަލާމަތީ ސަބަބުތަކަކަށްޓަކައި ކަމާބެހޭ ފަރާތްތަކުންނެވެ. 

އެގޮތުން، އެވަޓަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، "މިއަދު ގުޑިސަން ޕާކުގައި ކުޅެން ހަމަޖެހިފައިވާ ޑާބީ ވަނީ ނޭދެވޭ މޫސުމީ ޙާލަތްތަކާ ހުރެ ފަސްކޮށްފައި" ކަމަށެވެ.

މި މެޗަކީ ތޫފާން ޑާރާގެ ސަބަބުން ފަސްކުރެވުނު ޕްރިމިއަރ ލީގުގެ ފުރަތަމަ މެޗެވެ. މީގެ އިތުރުން، ހުކުރު ދުވަހު އިނގިރޭސި ޗެމްޕިއަންޝިޕްގައި ކާޑިފް ސިޓީ އާ ވަޓްފޯޑް ބައްދަލުކުރުމަށް އޮތް މެޗާއި، ޕްލިމަތު އާގައިލްއާ އޮކްސްފޯޑް ޔުނައިޓެޑް ކުޅެން އޮތް މެޗު ވެސް ވަނީ ކެންސަލްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު