ENGLISH

22 ޖެނުއަރީ 2026

Advertisement

ރަމަޟާންމަހު ދަނޑުވެރިން އުފައްދާ ތަކެތި ވިއްކަން މާލޭގައި ވަގުތީ މާރުކޭޓެއް

22 ޖެނުއަރީ 2026

|

އައިމިނަތު ޝަފާ

އަންނަ ރަމަޟާން މަހު ދަނޑުވެރިން އުފައްދާ ތަކެތި ފަސޭހައިން ހަމަ އަގުގައި ވިއްކާނެ ވަގުތީ މާރުކޭޓެއް ގާއިމު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ބުނީ ރަމަޟާން މަހަކީ އަތޮޅުތަކުން އުފައްދާ ދަނޑުވެރިކަމުގެ ބާވަތްތައް ގިނަ އަދަދަކަށް މާލެ ގެނެވޭ މައްކަމަށްވާތީ ދަނޑުވެރިން އުފައްދާ ތަކެތި ވިއްކުމަށްޓަކައި ވަގުތީ މާރުކޭޓެއް މާލެ ސަރަޙައްދުގައި ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. މި މާރުކޭޓަކީ ރޯދަ މަހަށް އުފައްދާފައިވާ ދަނޑުވެރިކަމުގެ ބާވަތްތައް ވިއްކުމަށްޓަކައި މާލެ އަންނަ ދަތުރުވެރިންނަށް އަމާޒު ކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ މާރުކޭޓެއްކަމަށް ވުޒާރާއިން މައުލޫމާތުދެއެވެ.

މި މާރުކޭޓުގައި ތަކެތި ވިއްކުމަށް ޝައުޤުވެރިކަން ހުރި ރަށްރަށުގެ ކައުންސިލްތަކުން އެރަށެއްގެ ދަނޑުވެރިންނާ ގުޅިގެން ވުޒާރާއަށް ފޯމު ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. ފޯމު ފުރިހަމަކުރާއިރު ވޭތުވެދިޔަ ރަމަޟާންމަހު އެރަށަކުން ބޭރުކުރެވުނު މައިގަނޑު ދަނޑުވެރިކަމުގެ ބާވަތްތަކުގެ އަންދާސީ މިންވަރާއި މި އަހަރު މިމާރުކޭޓުގައި ތަކެތި ވިއްކުމަށް އެދޭ ފަރާތްތަކުގެ އަދަދު އިނގޭނޭ ގޮތަށް ހުށަހެޅުމަށް ވުޒާރާއިން ވަނީ އިލްތިމާސްކޮށްފައެވެ. 

މިކަމަށް އެދި ޝައުޤުވެރިވާ ރަށު ކައުންސިލްތަކުގެ ފޯމު ހުށަހަޅަން ޖެހޭނީ، މިމަހުގެ 29 ވަނަ ދުވަހުގެ ރަސްމީ ގަޑި ނިމުމުގެ ކުރިންނެވެ.  

ރޯދަމަހާއި ދިމާކޮށް މާލެ ސަރަހައްދުގައި ދަތުރުވެރިންގެ މާރުކޭޓެއް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ހުޅުމާލޭގައިވެސް ވަގުތީ މާރުކޭޓެއް ގާއިމް ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.  

ކިޔުންތެރިންގެ ހިޔާލު