ENGLISH

22 ޖެނުއަރީ 2026

Advertisement

ތައުލީމީ ދާއިރާގެ ޚިދުމަތްތެރިޔާ އައިންތު މިސް ނިޔާވެއްޖެ

22 ޖެނުއަރީ 2026

|

އަޙުމަދު ޙަމީދު

އައިންތު މިސް

ދިވެހި ތަޢުލީމަށް ވަރަށް ބޮޑު ޚިދުމަތެއް ކުރެއްވި މ. މިރުސްދަސްގޮށުގޭ އައިމިނަތު ހަސަން (އައިންތު މިސް) ނިޔާވެއްޖެ އެވެ.

ވަރަށް ދިގު މުއްދަތަކަށް އަމީނިއްޔާ ސުކޫލުގެ ދިވެހި މުދައްރިސުކަން ކުރެއްވި އައިންތު މިސް ނިޔާވީ ކެންސަރަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. އެ ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވާތާ ދުވަސްކޮޅެއް ވެއްޖެ އެވެ.

މުދައްރިސުންގެ ޖަމިއްޔާ އުފެއްދުމުގައި އިސްކޮށް އުޅުއްވި އައިންތު މިސްގެ ޚިދުމަތް އެހެން ސުކޫލުތަކަށް ވެސް ލިބިފައިވެ އެވެ.

އަދި ދިވެހި ބަހުގެ އެކަޑަމީން ބޭއްވި ވަރަށް ގިނަ އަދަބީ މުބާރާތްތަކުގައި ފަނޑިޔާރުކަން ކުރެއްވި އެވެ. އައިންތު މިސް އަކީ އެންމެންނާއި ވެސް ގުޅޭ ވަރަށް ސަކަ މިޒާޖެއްގެ ބޭފުޅެކެވެ.

ޓީވީއާ ރޭޑިއޯގެ ތަޢުލީމީ އެކި ޕްރަގްރާމްތަކުގައި ބައިވެރިވެ މަޢުލޫމާތު ދެއްވި އެވެ.

ކިޔުންތެރިންގެ ހިޔާލު