ENGLISH

20 ޖެނުއަރީ 2026

Advertisement

ވީއައިއޭގައި ހަމަނުޖެހުން ހިންގުން: ލަންކާގެ ދެ ރައްޔިތަކު ހައްޔަރު ކޮށްފި

20 ޖެނުއަރީ 2026

|

އަޙުމަދު ޙަމީދު

ހަމަނުޖެހުން ހިންގުމުގެ ތުހުމަތު އޮތް ދެ މީހުން

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގެ ޓެކްސީ ކިއުގައި ހަމަނުޖެހުން ހިންގި މައްސަލާގައި ދެ މީހަކު ހައްޔަރު ކޮށްފި އެވެ.

ވީއައިއޭގައި ހަމަނުޖެހުން ހިންގީ މީގެ 10 ދުވަސް ކުރީން މި މަހުގެ 10 ވަަނަ ދުވަހު އެވެ. އެ މަންޒަރު ފެންނަ ވީޑިއޯވެސް ވަނީ އާންމުވެފަ އެވެ.

އެ ހިނގި ހަމަނުޖެހުމާއި ގުޅިގެން ފުލުހުން އެ ސަރަހައްދަށް ގޮސް އެ މީހުންނަށް ނަސޭހަތްދީ އެ ދުވަހު ފޮނުވާލީ އެވެ.

ނަމަވެސް ފުލުހުން މިއަދު ބުނީ މި މައްސަލައިގެ ތުހުމަތަށް ލަންކާގެ ދެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެ މީހުންގެ ފޮޓޯއާ ވަނަވަރު ވެސް ވަނީ އާންމުކޮށްފަ އެވެ.

އެ މީހުން ހައްޔަރު ކުރީ މި މަހުގެ 18 ވަނަ ދުވަހު ކަމަަށާ އެ މީހުންގެ ބަންދާއިމެދު ގޮތް ނިންމަން ހާޒިރުކުރުމުން 15 ދުވަހަށް ބަންދު ކުރަން  އަމުރުކޮށްފައިވާ ކަމަށެވެ.

މި މައްސަލަ އިތުރަށް ތަހުޤީޤު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު