ENGLISH

20 ޖެނުއަރީ 2026

Advertisement

ހާފިޒުން ދަސްވެނިވުމުގެ ޝަރަފުވެރި ޙަފްލާ މާރޗް އެކެއްގައި

19 ޖެނުއަރީ 2026

|

އަޙުމަދު ޙަމީދު

ޙާފިޒަކަށް ރައީސް ލިޔުން ހަވާލުކޮށް ދެއްވަނީ

ހާފިޒުން ދަސްވެނިވުމުގެ ޙަފްލާ މި އަހަރު އޮންނާނީ ރަމަޟާންމަހުގެ 12ވާ އާދީއްތަ ދުވަހުގެ ރޭ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން މިރޭ ބުނެފި އެވެ.

ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު މިރޭ ވިދާޅުވި ގޮތުގައި ހާފިޒުން ދަސްވެނިވުމުގެ ޙަފްލާ މި އަހަރު އޮންނާނީ ރަމަޟާންމަހުގެ 12ވާ އާދީއްތަ ދުވަހުގެ ރެ އެވެ.

އެއީ އަންނަ މާރިޗް މަހުގެ ފުރަތަމަ ދުވަހެވެ.

ހާފިޒުން ދަސްވެނިވުމަށް ވަކި ޙަފްލާ އެއް ބާއްވަން ފެށީ މި ސަރުކާރުންނެވެ.

އަދި ޙާފިޒުންގެ އަދަދު އިތުރުކޮށް ޤުރުއާނަަށް ލޯބިކުރާނެ ޖީލެއް ބިނާކުރުމަށް ހިތްވަރު ދެއްވުމަށް ރައީސް ވަނީ ހާފިޒުންގެ އެލަވަންސް މިދިޔަ ޖޫން މަހު އިތުރުކޮށް ދެއްވާފައެވެ.

މިވަގުތުވެސް 1500 ވުރެ ގިނަ މީހުން / ދަރިވަރުން ދަނީ ޤުރުއާން ހިތުން ދަސްކުރަމުންނެވެ. ވަޒީރު ވިދާޅުވި ގޮތުގައި ގިނައީ ކުޑަކުދީންނާއި ޒުވާނުންނެވެ. 

ވަޒީރު އަދި ވިދާޅުވީ އަންނަ ރޯދަ މަހު އޮންނަ ހަފްލާގައި ފަންސާހެއް ހާފިޒުން ދަސްވެނިވާނެ އެވެ. އެންމެ ފަހުން އޮތް ރަސްމިއްޔާތުގައި ދަސްވެނިވީ 24 ހާފިޒުންނެވެ.

ކިޔުންތެރިންގެ ހިޔާލު