ENGLISH

20 ޖެނުއަރީ 2026

Advertisement

ރިހެބިލިޓޭޝަންގެ ދާއިރާގައި މަސައްކަތްކުރާ އޮފިސަރުންނަށް ތަމްރީނު ޕްރަގްރާމެއް ހިންގައިފި

19 ޖެނުއަރީ 2026

|

އަޙުމަދު ޙަމީދު

ރިހެބިލިޓޭޝަންގެ ދާއިރާގައި މަސައްކަތްކުރާ އޮފިސަރުންނަށް ތަމްރީނު ޕްރަގްރާމެއް ހިންގުން

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ ބެލުމުގެ ދަށުގައިވާ ޤައިދީންގެ ރިހެބިލިޓޭޝަން ހަރުދަނާކުރުމުގެ ގޮތުން، “ރިސްކް، ނީޑް އެންޑް ރެސްޕޮންސިވިޓީ” ގެ ނަމުގައި ޓްރޭނިންގ ޕްރޮގްރާމެއް އައްސޭރި ޖަލުގައި ހިންގައިފި އެވެ.

ޖަނަވަރީ 18 ން ފެށިގެން 19 އަށް ކުރިޔަށްދިޔަ މި ޓްރޭނިންގ ޕްރޮގްރާމްގައި ޤައިދީންގެ ރިހެބިލިޓޭޝަން ދާއިރާގައި މަސައްކަތްކުރާ 14 އޮފިސަރުން ބައިވެރިވެފައިވެއެވެ.

މި ޓްރޭނިންގ ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ޖަލުތަކުގައި ހިންގާ ރިހެބިލިޓޭޝަން ޕްރޮގްރާމްތައް އިތުރަށް ހަރުދަނާ ކުރުމާއި “ރިސްކް، ނީޑް އެންޑް ރެސްޕޮންސިވިޓީ” (އާރްއެންޑްއާރް) މޮޑެލް ފަދަ ބައިނަލްއަޤްވާމީ މިންގަނޑުތައް ބޭނުންކޮށްގެން، އެކި ބާވަތުގެ ކުށްތަކުގައި ބަންދުކުރެވިފައިވާ ޤައިދީންނަށް ޚާއްސަ ކޮމިއުނިޓީ-ބޭސްޑް ސްޓްރެޓެޖީތަކެއް އެކުލަވާލައި އަދި ތަންފީޛުކުރުން ކަމަށް ކަރެކްޝަނުން ބުނެ އެވެ.

މި ޓްރޭނިންގ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ބްރިޓިޝް ހައި ކޮމިޝަންގެ މޯލްޑިވްސް ސެކިއުރިޓީ އެންޑް ޖަސްޓިސް ޕްރޮގްރާމްގެ ދަށުން ޓެޓްރާޓެކްގެ ޕްރިޒަން އެކްސްޕަރޓް ޓޯނީ ހެސަލް އެވެ.

ކިޔުންތެރިންގެ ހިޔާލު