ENGLISH

20 ޖެނުއަރީ 2026

Advertisement

ތެލެސީމިއާ ދަފުތަރުގައި 650 މީހުން، އެންމެ ގިނައީ ނ އަތޮޅުގައި

19 ޖެނުއަރީ 2026

|

އަޙުމަދު ޙަމީދު

މީހަކު ލޭ ހަދިޔާ ކުރަނީ

ތެލެސީމިއާ ދަފުތަރުގައި 650 މީހަކު ހިމެނޭ ކަމަށް މޯލްޑިވްސް ބްލަޑް ސާވިސަސް (އެމްބީއެސް) ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެމްބީއެސް އިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ތެލެސީމިއާ ދަފުތަރުގައި 650 މީހަކު ވަނީ ރަޖިސްޓްރީކޮށްފަ އެވެ.

މިދިޔަ އަހަރާއި މި އަހަރުގެ މި މުއްދަތުގެ ތެރޭގައި 40 ކުއްޖަކު ވަނީ ދަފްތަރުގައި ހިމަނާފަ އެވެ. 2024 ވަނަ އަހަރު 18 ކުއްޖަކު ވަނީ ދަފްތަރު ކޮށްފަ އެވެ. އޭގެ ކުރީ އަހަރު 11 ކުއްޖަކު ވަނީ ދަފްތަރު ގައި ހިމަނާފަ އެވެ.

ހިސާބުތަައް ފެންނަ ގޮތުން ތެލެސީމިއާ މީހުން އެންމެ ގިނައީ ނ އަތޮޅުގަ އެވެ. އެ އަތޮޅުގެ 53 މީހަކު ދަފްތަރު ކުރެވިފައިވެ އެވެ. އެ އަތޮޅުގެ 13 ރަށެއްގައިި ތެލެސީމިއާ މީހުން އެބަ ތިއްބެވެ. 

ހިސާބުތަކަށް ބަލާއިރު ވ. އަތޮޅުގައި ތެލެސީމިއާގެ އެއްވެސް މީހަކު ނެތެވެ. ތެލެސީމިއާ މީހުން އެންމެ މަދީ މ. އަތޮޅުގަ އެވެ.

ކިޔުންތެރިންގެ ހިޔާލު