ENGLISH

10 އޭޕްރީލު 2025

Advertisement

އެމްއެލްއެސްގެ އަހަރުގެ އެމްވީޕީ މަގާމަށް މެސީ ހޮވިއްޖެ

06 ޑިސެމްބަރު 2024

|

މުޙައްމަދު އަދުހަމް

އިންޓަ މިއާމީގެ ފޯވާޑް، މެސީ. --ފޮޓޯ: ޔޫއެސްއޭ ޓުޑޭ ސްޕޯޓްސް

އެމެރިކާގެ މޭޖާ ލީގު ސޮކާ (އެމްއެލްއެސް) އިން ކޮންމެ އަހަރަކު ދެމުން އަންނަ އަހަރުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށްދޭ 2024 ވަނަ އަހަރުގެ އެމްވީޕީގެ މަގާމަށް އާޖެންޓީނާ އަދި އިންޓަ މިއާމީ ކެޕްޓަން، ލިއޮނަލް މެސީ ހޮވިއްޖެއެވެ.

އުމުރުން 37 އަހަރުގެ މެސީ އަކީ މި އެވޯޑް ހާސިލްކުރި މިއާމީގެ ފުރަތަމަ ކުޅުންތެރިޔާ އެވެ. އަދި، މެސީ އަކީ މި އެވޯޑް މިހާތަނަށް ލިބުނު އާޖެންޓީނާ އަށް ނިސްބަތްވާ ފަސްވަނަ ކުޅުންތެރިޔާވެސް މެއެވެ. މިހާތަނަށް މި އެވޯޑް ދެވަނަ އަށް އެންމެ ގިނައިން ކާމިޔާބު ކޮށްފައި ވަނީ ވެސް އާޖެންޓީނާގެ ކުޅުންތެރިންނެވެ.

"ހަގީގަތުގައިވެސް މި އެވޯޑް ލިބުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއް،" މެސީ ބުނެފައިވެއެވެ.

މެސީ ބުނީ، އެމެރިކާގައި ކުޅެމުން ދަނީ ވަރަށް އުފަލުން ހުރެގެން ކަމަށާއި، އެއް ދުވަހުން އަނެއް ދުވަހަށް މިއާމީ ހޯދަމުން އަންނަ ކުރިއެރުންތަކާ މެދު ހިތްހަމަ ޖެހޭ ކަމަށެވެ.

ނިމިދިޔަ ސީޒަނަކީ މިއާމީ އާއެކު މެސީ ހޭދަ ކުރި ފުރަތަމަ ފުރިހަމަ ސީޒަނެވެ. ފްރީ އޭޖެންޓެއްގެ ގޮތުގައި މެސީ އެ ޓީމާ ގުޅުނީ މިދިޔަ އަހަރުގެ މެދުތެރޭގައެވެ.

މެސީގެ އެހީތެރިކަމާއެކު މިއާމީން ވަނީ އެންމެ ފަހުގެ ރެގިއުލާ ސީޒަނުގެ ސަޕޯޓާސް ޝީލްޑް ކާމިޔާބުކޮށްފައެވެ. އެކަމަކު، އެމްއެލްއެސްގެ ޕްލޭ-އޮފްސްގައި މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި އެޓްލާންޓާ ޔުނައިޓެޑް އަތުން ބަލިވެ، އެ މުބާރާތުން ވަނީ ކަޓާފައެވެ.

ނިމިދިޔަ ސީޒަނުގެ މިއާމީގެ ބައެއް މެޗުތައް، އަނިޔާގެ ސަބަބުން، ގެއްލުނު ނަމަވެސް ލީގުގައި މެސީ ވަނީ 22 މެޗުގައި 21 ލަނޑު ޖަހައިފައެވެ. މީގެތެރެއިން، 18 މެޗުގައި މެސީ ވަނީ އެ ޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފައެވެ.

އެމްވީޕީ އެވޯޑަކީ އެމްއެލްއެސްގެ ކުޅުންތެރިންނާއި ކްލަބް މެނޭޖްމަންޓާއި މީޑިއާގެ ފަރާތްތަކުގެ ވޯޓަކުން ކޮންމެ އަހަރަކު ދެމުން އަންނަ އެވޯޑެކެވެ. މިއީ ކޮންމެ ސީޒަނެއް ނިމުމުން އެ އަހަރުގެ ލީގުގައި އެންމެ އަގުހުރި ކުޅުންތެރިޔާގެ ގޮތުގައި ބެލެވޭ ކުޅުންތެރިއަކަށް އަހަރަކު އެއް ފަހަރު ދޭ އެވޯޑެކެވެ.

މި އެވޯޑް އެންމެ ފަހުން ހޯދާފައިވަނީ އެފްސީ ސިންސިނާޓީގެ އާޖެންޓީނާ މިޑްފީލްޑަރު، ލޫސިއާނޯ އަކޮސްޓާ އެވެ.

ކިޔުންތެރިންގެ ހިޔާލު