ENGLISH
12 ޖެނުއަރީ 2026
ފުނަދޫ އެއާޕޯޓަށް ރޭގަނޑު ދަތުރުތަކުގައި ފުރަތަމަ ވެސް ޖެއްސީ އެއާ އެންބިއުލެންސް
10 ޖެނުއަރީ 2026
|
ށ. ފުނަދޫ އެއާޕޯޓަށް ރޭގަނޑު ފުރަތަމަ ފަހަރަށް އެއާ އެންބިއުލައިންސް ޖެއްސުން
ފުނަދޫ އެއާޕޯޓަށް ރޭގަނޑު، ޓެސްޓް ފުލައިޓް ޖެއްސުމަށްފަހު، އެންމެ ފުރަތަމަވެސް ރޭގަނޑު ޖެއްސީ، އިމަޖެންސީގައި ބަލިމީހަކު އުފުލުމަށްޓަކައި އެއާ އެންބިއުލައިންސެވެ.
ފުނަދޫގެ އެއާޕޯޓު ހުޅުވުމަށްފަހު އެތަނަށް އެއްވެސް ތަރައްޤީއެއް ނިމިދިޔަ ވެރިކަމުގައި ގެނެސްދީފައިނުވެއެވެ. ޚާއްސަކޮށް އަތޮޅު ހޮސްޕިޓަލެއް އެރަށުގައި ހުންނަ އިރު، ރޭގަނޑު އެމަޖެންސީގައި ބަލިމީހުން މާލެ ގެންދަން ޖެހިއްޖެ ނަމަ، ކަނޑުމަގުގައި ދަތުރުކޮށްފައި ދާންޖެހެނީ އެންމެ ކައިރިން ލިބެން އޮންނަ އެއާޕޯޓަކަށެވެ. މިހެން މިކަން ހުރުމުން އޭރު، ފުނަދޫ އެއާޕޯޓު ރޭނގަޑަށް ފްލައިޓް ޖެއްސޭނެ އިންތިޒާމެއް ހަމަޖައްސައި ދިނުމަށް ފުނަދޫގެ ރައްޔިތުން ދިޔައީ އެދެމުންނެވެ.
ފުނަދޫގެ އެއާޕޯޓަށް ރޭނގަޑު ފުލައިޓް ޖެއްސޭނެ އިންތިޒާމް ހަމަޖެއްސުމަށް، ލައިޓް ހަރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެން، އެމަސައްކަތް އެމްއޭސީއެލާއި ހަވާލު ކުރީ ނިމިދިޔަ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހުއެވެ. އަދި ޑިސެންބަރު މަސްތެރޭގައި ޓެސްޓް ފްލައިޓް ޖެއްސޭވަރަށް މަސައްކަތް ނިންމަދޭނެކަމަށް ވިދާޅުވިއެވެ. ވައުދުފުޅާއި އެއްގޮތަށް މިދިޔަ މަހުގެ 31 ވަނަ ދުވަހު ރޭ ފުނަދޫ އެއާޕޯޓަށް ރޭގަނޑު ދަތުރުތަށް ފެށުމަށްޓަކައި ވަނީ ޓެސްޓް ފުލައިޓް ޖައްސާ، ފުނަދޫގެ ރައްޔިތުންނަށް ހިނިތުންވުން ގެނެސްދީފައެވެ.
މިއާއިއެކު ފުނަދުގެ ރައްޔިތުން އަދި މުޅި އަތޮޅުގެ ރައްޔިތުނަށް، އަދި ފުނަދޫގެ އަތޮޅު ހޮސްޕިޓަލުން ޚިދުމަތް ހޯއްދަވާ ފަރާތްތަކަކަށް އިތުރު އިތުބާރެއް ލިބިގެން ދިޔައީ ފުނަދޫ އެއާޕޯޓަށް އެއާ އެންބިއުލައިންސް ޖެނުއަރީ 9 ވަނަ ދުވަހުގެ ރޭގަނޑު ޖެއްސުމުންނެވެ.
ފުނަދޫއަށް ރޭގަނޑު ފުލައިޓް ޖެއްސޭނެ އިންތިޒާމްތައް ހަމަޖެހިގެން ދިއުމާއިއެކު، އެ އެއާޕޯޓް ބޮޑުކޮށް، އިތުރަށް ތަރައްގީކުރުމުގެ މަސައްކަތްތައް ވެސް ކުރިޔަށް ދާނެ ކަމަށް އެމްއޭސީއެލުން ވަނީ ބުނެފައެވެ.