ENGLISH

29 ޑިސެމްބަރު 2025

Advertisement

އއ. އަތޮޅު ހޮސްޕިޓަލްގެ އައު އިމާރާތް އެޅުމަށް ސައިޓު ސާފުކުރަނީ

28 ޑިސެމްބަރު 2025

|

އާމިނަތު ނުޒްލާ

ރަސްދޫ ހޮސްޕިޓަލްގެ އައު އިމާރާތް ބިނާކުރާ ސައިޓު ސާުފު ކުރުމުގެ މަސައްކަތުގެ ތެރެއިން--ފޮޓޯ:އެމްޓީސީސީ

އއ. އަތޮޅު ހޮސްޕިޓަލްގެ ހިދުމަތް އިތުރަށް ފުޅާކޮށް، ރައްޔިތުންނަށް ޒަމާނީ ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި އއ. ރަސްދޫގައި ބިނާކުރާ ހޮސްޕިޓަލް އެޅުމަށް ބޭނުންވާ ބިން ސާފުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

އެ ކުންފުނިން ބުނީ މިހާރު އެ ސައިޓު ސާފުކުރުމުގެ ގޮތުން ގަސްތައް ނަގައި، އަދި ގަސް އިންދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ރަސްދޫ ހޮސްޕިޓަލްގެ އައު އިމާރާތް ބިނާކުރާ ސައިޓު ސާުފު ކުރުމުގެ މަސައްކަތުގެ ތެރެއިން--ފޮޓޯ:އެމްޓީސީސީ

އއ. އަތޮޅު ހޮސްޕިޓަލުގެ އައު އިމާރާތުގެ ބިންގާ އަޅާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަރިއަތޮޅު އުތުރުބުރީގެ ރަށްތަކަށް މި އަހަރުގެ އޮގަސްޓުމަހު ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ރަސްދޫއަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

މި ރަސްމިއްޔާތުގައި ހޮސްޕިޓަލްގެ ބިންގާ އަޅުއްވައިދެއްވީ ހެލްތު މިނިސްޓަރ އަބްދުﷲ ނާޘިމް އިބްރާހިމް އެވެ.

މި މަޝްރޫއަކީ 780 ތެރޭ ނިންމާގޮތަށް 185،571،402.42 އަށް ހަވާލުކޮށްފައިވާ މަޝްރޫއެކެވެ. މި މަޝްރޫޢުގެ ދަށުން 50 އެނދުގެ ހޮސްޕިޓަކެއް އެޅުމަށް ވަނީ ހަމަޖެހިފަ އެވެ.

އއ. އަތޮޅު ހޮސްޕިޓަލުގެ އައު އިމާރާތުގެ މަސައްކަތް ކުރުމަށް ހަވާލުކުރެއްވި އެމްޓީސީސީއަކީ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރަމުންދާ ކުންފުންޏެކެވެ. އެމްޓީސީސީއިން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ކާމިޔާބުކަމާއެކު ހިންގަވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު