ENGLISH

29 ޑިސެމްބަރު 2025

Advertisement

"ލިޓް ފެސްޓް 2025" ކާމިޔާބުކަމާއެކު ނިންމާލައިފި!

28 ޑިސެމްބަރު 2025

|

މަރިޔަމް ލީމް

"ލިޓް ފެސްޓް 2025" ގެ ބައިވެރިންނާއެކު ވަޒީރު އިބްރާހީމް ވަޙީދު

ތަފާތު ދާއިރާތަކުން ޒުވާނުންގެ ހުނަރު ދައްކާލުމަށް ޝައުގުވެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ކުރިއަށްގެންދިޔަ "ލިޓް ފެސްޓް 2025" ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. 

ޒުވާނުންނަށް ޚާއްސަކޮށްގެން ބޭއްވި ލިޓް ފެސްޓިވަލް ބާއްވާފައިވަނީ ޒުވާނުންގެ ހަބުގައެވެ. ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދިޔަ މި ފެސްޓިވަލް ރޭ ނިންމާލާފައިވާއިރު، މި ހަރަކާތުގައި ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާގެ ވަޒީރު، އިބްރާހީމް ވަޙީދު ބައިވެރިވެވަޑައިގެންނެވި ކަމަށް އެ ވުޒާރާއިން "އެކްސް" ގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.

ވަޒީރު އިބްރާހީމް ވަޙީދު ވަނީ މި ހަރަކާތުގައި ބައިވެރިވި އެންމެހާ ޒުވާނުންނާއި މުއާމަލާތް ކުރައްވާ ވަގުތު ހޭދަކުރައްވާފައެވެ.

"ލިޓް ފެސްޓް 2025" ގެ އެންމެ ފަހު ދުވަހުގެ ތެރެއިން

"ލިޓް ފެސްޓް" ޚާއްސަކޮށްފައި ވަނީ 14-20 އަހަރާ ދެމެދުގެ އުމުރުފުރައަކަށެވެ.

އަދި މި ފެސްޓިވަލްގައި އާޓްސް، ކުކަރީ، ހޭންޑީ ކްރާފްޓްގެ ދާއިރާ އާއި މުނިފޫހިފިލުވުމުގެ ދާއިރާގެ ހުނަރުތައް ހިމަނާފައިވެއެވެ. މީގެ އިތުރުން އަތްތެރި މަސައްކަތް، ލައިވް އާރޓް ސްޓޭޝަން، ކްލޭ އަރޓްސް، ހެނާ އަރޓްސް، ކެލިގްރަފީ، ޕޭސްޓްރީ، އެމްބްރޮއިޑެރީ، އެސެސަރީޒް ވޯކް ވެސް ހިމެނޭނެއެވެ. ހަމައެއާއެކު ލައިވް އަރޓް ސްޓޭޝަންގެ ބައިތަކުގެ ތެރޭގައި ޑިޖިޓަލް އަރޓްސް، 3ޑީ އެނިމޭޝަން ހިމެނޭ އިރު، ލަވަކިޔުން، ނެށުން، ބޮޑުބެރު، ޑްރާމާ، ފްރީސްޓައިލް އަދި އިންސްޓްރުމެންޓް ކުޅުން، ކޮންޓެންޓް ކްރިއޭޝަން، އޯޕަން މައިކް، ސްޓޭންޑްއަޕް ކޮމެޑީ އަދި ސްޓޯރީ ޓެލިންގ ފަދަ ހުނަރުތައް ދައްކާލުމުގެ ފުރުސަތު ވެސް ހުޅުވާލެވިފައިވާ ކަމަށް އެ ވުޒާރާއިން ބުންޏެވެ.

ޔޫތު ހަބް ހުޅުވުމަށް ފަހު ޒުވާނުންގެ ވުޒާރާއިން އަންނަނީ އެތަނުގައި ޒުވާނުންނާ ގުޅުންހުރި ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު