ENGLISH

28 ޑިސެމްބަރު 2025

Advertisement

ބ. މާޅޮހު ފުލުހުންގެ އިދާރާގެ ފުރާޅުގެ ގިއުގަނޑުގެ މަސައްކަތް ކުރިއަށްދަނީ

28 ޑިސެމްބަރު 2025

|

އާމިނަތު ނުޒްލާ

މާޅޮހު ފުލުހުންގެ އިދާރާގެ މަސައްކަތް ކުރިއަށްދަނީ-- ފޮޓޯ: އެމްޓީސީސީ

މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމުކުރުމުގެ މަޝްރޫޢުގެ ދަށުން، ބ. މާޅޮހުގައި އަޅާ ފުލުހުންގެ އިދާރާގެ ފުރާޅުގެ ގިއުގަނޑުގެ މަސައްކަތް ކުރަމުން އަންނަކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

އެމްޓީސީސީން ބުނީ ފުލުހުންގެ އިދާރާގެ ރޭނުމުގެ މަސައްކަތް ވެސް ހަލުވިކަމާއެކު ކުރަމުން އަންނަ ކަމަށެވެ.

މާޅޮހުގައި ފުލުހުންގެ ޕޮލިސް ޕޯސްޓްގެ ބިންގާ އަޅާފައި ވަނީ، ރައީސުލް ޖުމްހޫރިއްޔާ ބ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. މި ރަސްމިއްޔާތުގައި ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު ޢަލީ އިޙްސާން އެވެ.

މާޅޮހު ފުލުހުންގެ އިދާރާގެ މަސައްކަތް ކުރިއަށްދަނީ-- ފޮޓޯ: އެމްޓީސީސީ

އަމާޒަކީ މިއަހަރުގެ ތެރޭގައި 57 ރަށެއްގައި ޕޮލިސް ސްޓޭޝަންގެ މަސައްކަތް ނިންމާލުން ކަމަށް ފުލުހުންގެ ހިދުމަތުން ވަނީ ބުނެފަ އެވެ.

ރައްޔިތުންނާ ގާތުން ފުލުހުންގެ ޚިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ރަށްރަށުގައި ފުލުހުންގެ ޚިދުމަތް ގާއިމުކޮށް، އަދި ފުލުހުންގެ ޚިދުމަތް ގާއިމުވެފައިނުވާ ރަށްރަށުގައި ޚިދުމަތް ގާއިމުކުރުމުގެ މަސައްކަތް ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވުޒާރާއިން އަންނަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު