ENGLISH

28 ޑިސެމްބަރު 2025

Advertisement

ޕްރައިމަރ ހެލްތު ކެއާ ސެންޓަރުގައި ޗައިލްޑް ހެލްތު ކްލިނިކެއް ހުޅުވައިފި

28 ޑިސެމްބަރު 2025

|

ޝިފްޒާން އަޙްމަދު

ޕްރައިމަރީ ހެލްތު ކެއާ ސެންޓަރ

މާލޭ ސަރަހައްދުގައި އަލަށް ގާއިމުކުރި އާބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރުގައި ޗައިލްޑް ހެލްތު ކްލިނިކުގެ ހިދުމަތް ފަށައިފިއެވެ. 

މި ކްލިނިކަކީ ކުދިންގެ ހެދިބޮޑުވުން މޮނިޓާކުރުމާއި ވެކްސިން ދިނުން ފަދަ މުހިއްމު ހިދުމަތްތައް ފޯރުކޮށްދޭ ސެންޓަރެކެވެ. އެ ސެންޓަރުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރޭގައި ވިޓަމިން އޭއާއި ފަނި ބޭސް ދިނުމާއި ކުދިންގެ ހެދި ބޮޑުވުން މޮނިޓާކުރުން ހިމެނޭނެއެވެ. 

އެގޮތުން ކޮންމެ ހަފުތާއެއްގެ އާދީއްތަދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް، ކޮންމެ ދުވަހަކު ހެނދުނު 8:30 އިން ހަވީރު 15:30 އަށް ވިޓަމިންއޭއާއި ފަނި ބޭސް ދިނުމުގެ ހިދުމަތް ލިބޭނެއެވެ. އަދި ކުދިންގެ ހެދި ބޮޑުވުން ބެލުމަށް ހަދާ ގްރޯތު މޮނީޓަރިން ހެދުމުގެ ހިދުމަތް ކޮންމެ ހޮނިހިރު ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު 14:00އާ ދެމެދުގައި އެތަނުން ފޯރުކޮށްދޭނެއެވެ. 

އަދި ކޮންމެ އާދީއްތަ އަންގާރަ އަދި ބުދަ ދުވަހެއްގެ ހެނދުނު 8:30 އިން ހަވީރު 15:30 އާ ދެމެދުގައި ވެކްސިން ޖަހައިދިނުމުގެ ހިދުމަތް ދޭއިރު، ހޯމަދުވަހާއި ބުރާސްފަތި ދުވަހުގެ ހެނދުނު 8:30 އިން 12:00 އަށް އެ ހިދުމަތް އެ ސެންޓަރުން ލިބޭނެއެވެ. 

މީގެ އިތުރުން، ތުއްތުކުދިންނާއި ކުޑަކުދިންނަށް ކާން ދިނުމާ ގުޅޭ އިންފޭންޓް އެންޑް ޔަންގް ޗައިލްޑް ފީޑިން ކައުންސެލިންގވެސް މި ސެންޓަރުން ލިބޭނެ އިންތިޒާމުތައް ހަަމަޖެހިފައިވާއިރު، އެޕޮއިންމެންޓް ހައްދައިގެން ދަތުރުތައް ކުރައްވާ ފަރާތްތަކަށް ވެކްސިން ޖަހާދިނުމުގެ އިންތިޒާމުވެސް މިހާރު ވަނީ ހަމަޖެހިފައެވެ.

އާއްމު ސިއްހަތުގެ ދާއިރާ ކުރިއެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ދެއްވާ އިސްކަމުގެ ތެރެއިން ހިދުމަތް ފެށި މި މަރުކަޒު ހުޅުވީ ނޮވެންބަރު 19 ވަނަ ދުވަހުއެވެ. އެތަނުގައި މައިގަނޑު ތިން ދާއިރާއެއްގެ ހިދުމަތް ލިބޭއިރު އާއްމު ބަލިތަކުގެ ޑޮކްޓަރުންނަށް ދެއްކުމުގެ އިންތިޒާމު އެތަނުގައި ހަމަޖެހިފައިވެއެވެ. 

އެ މަރުކަޒުން ހިދުމަތް ދިނުމަށް ހަމަޖެހިފައިވާ ތިން ބަޔަކީ: 

ޖީޕީ ކްލިނުން ދޭ ޚިދުމަތްތައް

  • ފެމިލީ މެޑިސިން ޕްރެކްޓިޝަނާއަށް ދެއްކުމުގެ ޚިދުމަތް
  • އާންމު ބަލިތަކަށް ފަރުވާ ދިނުން
  • ޖީޕީ ޑޮކްޓަރުން ލަފާ ދޭ ޓެސްޓުތައް ހެދުން
  • ޑްރޮޕް ބޮކްސް މެދުވެރިކޮށް ބޭސް ސިޓީ އައުކުރުމުގެ ޚިދުމަތް 
  • ކުދި ޕްރޮސީޖާތައް ހެދުން (އައިވީ ގުޅުން، ނެބިއުލައިޒް ކުރުން، ބޭސް އެޅުން، ކާހޮޅި ބަދަލުކުރުން)
  • އެކްސްރޭ ނެގުން
  • ބޭސް ފިހާރަ

ޗައިލްޑް ހެލްތު ކްލިނިކުން ދޭ ޚިދުމަތްތައް

  • ފަސް އަހަރުން ދަށުގެ ކުދިން، ހެދިބޮޑުވާ މިންވަރު ދެނެގަތުމާއި ޑިވެލޮޕްމަންޓަލް މައިލްސްޓޯންސް ބެލުން
  • ތުއްތު ކުދިންނަށް ގާތުން ދިނުމާއި ކެއިންބުއިމާ ބެހޭގޮތުން ބެލެނިވެރިންނަށް އިރުޝާދު ދިނުން
  • އުމުރުން 2 އަހަރާއި 5 އަހަރާ ދެމެދުގެ ކުދިންނަށް ވިޓަމިން-އޭ އަދި ބޭސް ދިނުމުގެ ޚިދުމަތް
  • ގައުމީ ވެކްސިން ތާވަލާ އެއްގޮތަށް ވެކްސިން ދިނުން
  • އިޚްތިޔާރީ ވެކްސިން ޖަހައިދިނުން

ވެލްނަސް ކްލިނިކްގެ ޚިދުމަތްތައް

  • ދަތުރުވެރިންގެ ވެކްސިން ޖެހުމުގެ ޚިދުމަތް
  • ދުންފަތާ ދުރުވާން ބޭނުންވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުން
  • ދުންފަތާ ދުރުވާން ބޭނުންވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުން
  • ދުޅަހެޔޮ އާދަތަކަށް އަހުލުވެރިކޮށް ދިނުން

ބަލިޖެހުމުގެ ކުރިން، ބަލިތަކުން ދިފާޢުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޞިއްޙީ ސިޔާސަތުގެ މުހިންމު ބަހާއަކަށް ވާއިރު، މިފަދަ އިތުރު 5 ސެންޓަރު މާލެ ސަރަޙައްދުގައި ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މާލޭގައި 3 ސެންޓަރު އަދި ހުޅުމާލޭގައި 2 ސެންޓަރު ތަރައްޤީކުރާނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ޞިއްޙީ ދާއިރާ ހަރުދަނާކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޚާއްޞަ އިސްކަމެއްދެއްވައިގެން ކުރައްވާ ކަމަކަށްވާއިރު، ކުރިއަށް އޮތް 2026 ވަނަ އަހަރުގެ ބަޖެޓުގައި އެއް ދާއިރާއަކަށް އެންމެ ބޮޑު އިސްކަމެއްދެއްވާފައިވާ ދާއިރާއަކީވެސް ޞިއްޙީ ދާއިރާއެވެ.

ކިޔުންތެރިންގެ ހިޔާލު