ENGLISH
21 މާރިޗު 2026
ހައިސްކައި އެއާލައިނާއެކު ވީއައިއޭގެ އައު ޓާމިނަލުން ހިދުމަތްދޭ އެއާލައިންތަކުގެ އަދަދު 38 އަށް
27 ޑިސެމްބަރު 2025
|
ވީއައިއޭގެ އައު ޓާމިނަލުން ހައިސްކައި އެއާލައިނަށް ހިދުމަތް ދޭން ފެށުން. --ފޮޓޯ: އެމްއޭސީއެލް
އެންމެ މަޤްބޫލު
ލޯ ކޯސްޓް އެއާލައިނެއް ކަމަށްވާ، ހައިސްކައި އެއާލައިންގެ ފްލައިޓްތަކަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު (ވީއައިއޭ) ގެ އައު ފަސިންޖަރު ޓާމިނަލުން ހިދުމަތްދޭން ފަށައި، 38 އެއާލައިނަކަށް އައު ޓާމިނަލުން ހިދުމަތް ފޯރުކޮށްދޭން ފަށައިފިއެވެ.
ހައިސްކައި އެއާލައިން އަށް ވީއައިއޭގެ ޓާމިނަލް އެކަކުން ހިދުމަތްދޭން ފެށުން ފާހަގަކުރުމަށް ޓާމިނަލްގައި ހާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ.
މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މޯލްޑިވްސް އިންފްލައިޓް ކޭޓަރިންގ ގްރޫޕްގެ ޖެނެރަލް މެނޭޖަރު، އަލީ ޝާކިރެވެ.
މި ރަސްމިއްޔާތުގައި ވޮޔޭޖަސް މޯލްޑިވްސްގެ ޑެޕިއުޓީ މެނޭޖަރު، އިގްނާޒް މަންސޫރުގެ އިތުރުން ހައިސްކައިގެ އޮފިޝަލުންނާއި އެމްއޭސީއެލްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ޓާމިނަލް އެކަކުން ހައިސްކައި އެއާލައިނަށް ހިދުމަތްދޭން ފެށުމުގެ ގޮތުން، އެ އެއާލައިންގެ ފުރަތަމަ ދަތުރަށް ހޫނު މަރުހަބާ ކިޔުމުގެ ގޮތުން އެ ބޯޓަށް ވަނީ ވޯޓަރ ސެލިއުޓް އެއް ދީފައެވެ. އަދި، އެ އެއާލައިންގެ ފްލައިޓް، H4-8569 އިން ރާއްޖެ އައި 222 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔާފައެވެ.
އެމްއޭސީއެލްގެ އަމާޒަކީ، ރާއްޖެ އަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުމެވެ.