ENGLISH

27 ޑިސެމްބަރު 2025

Advertisement

ވައްކަންކުރި ކަމަށް ބުނެ މީހަކަށް އަނިޔާކޮށް މޫދަށް އެއްލާލި މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފި

27 ޑިސެމްބަރު 2025

|

އަޙުމަދު ޙަމީދު

ވައްކަންކުރި ކަމަށް ބުނެ މީހަކަށް އަނިޔާކޮށް މޫދަށް އެއްލާލި މައްސަލާގައި ދެ މީހަކު ހައްޔަރުކުރުން --

ވައްކަންކުރި ކަމަށް ބުނެ މީހަކަށް އަނިޔާކޮށް މޫދަށް އެއްލާލި މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ދެ މީހަކު ވަނީ ހައްޔަރު ކޮށްފައި ކަމަށެވެ. ހައްޔަރު ކޮށްފައިވަނީ ބ. ހިތާދޫ / އަންދަލީބުގެ، އަޙްމަދު ޝަރީފް (50އ) އާއި ލ. އިސްދޫ / ބްލޫކިޔާގެ، އަޙްމަދު ޚާތިމް (49އ) އެވެ. މި ދެ މީހުން ވެސް ހައްޔަރު ކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން އިއްޔެ ވަގުތެއްގައި ކަމަށް ފުލުހުން ބުންޏެވެ.

މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ވަނީ 15 ދުވަހުގެ މުއްދަތެއް ދީފައެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން ކަމަށް ވެސް ބުންޏެވެ.

މި ދެ މީހުން އެ މީހާއަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ އާންމުވެފަ އެވެ. އެ ވީޑިއޯގައި ފެންނަ ގޮތުން އެ މީހުން އޭނާއަށް ވަރަށް އަނިޔާކުރެ އެވެ. ވަަރަށް އަނިޔާވެރިކޮށް ދަމާފައި ގެންގޮސް މޫދަށް އެއްލާލަ އެވެ.

ކިޔުންތެރިންގެ ހިޔާލު