ENGLISH

27 ޑިސެމްބަރު 2025

Advertisement

މި މަހުގެ މިހާތަނަށް މަސްވެރިންނަށް 72 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި

27 ޑިސެމްބަރު 2025

|

މުޙައްމަދު އަދުހަމް

ދިވެހި މަސްވެރިންތަކެއް މަސްވެރިކަންކުރުމުގައި. ފޮޓޯ: މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ

މި ޑިސެމްބަރު މަހުގެ މިހާތަނަށް މަސްވެރިން ކިރުވި މަހަށް 72 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިފްކޯ އިން އަންނަނީ ކޮންމެ ދުވަހަކު އެ ކުންފުނިން މަސްވެރިންނަށް ދޫކުރަމުންދާ ފައިސާގެ ތަފްސީލުތައް މީޑިޔާއާ ހިއްސާކުރަމުންނެވެ.

އެގޮތުން، މިފްކޯ އިން މީޑިޔާއާ ހިއްސާކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން 27 ވަނަ ދުވަހުގެ ނިޔަލަށް 72،469،699.31ރ. (ހަތްދިހަ ދެމިލިއަން ހަތަރުލައްކަ ފަސްދޮޅަސް ނުވަހާސް ހަސަތޭކަ ނުވަދިހަ ނުވަ ރުފިޔާ، ތިރީސްއެއް ލާރި) ވަނީ މަސް ދޯނިފަހަރަށް ދޫކޮށްފައެވެ.

މި މަހު މަސްވެރިންނަށް ފައިސާ ދޫކޮށްފައިވާ ގޮތުގެ ތަފްސީލު:

1 ޑިސެންބަރު:  2.3 މިލިއަން ރުފިޔާ

2 ޑިސެންބަރު:  2.6 މިލިއަން ރުފިޔާ

3 ޑިސެންބަރު:  2.5 މިލިއަން ރުފިޔާ

4 ޑިސެންބަރު:  3.8 މިލިއަން ރުފިޔާ

5 ޑިސެންބަރު:  4 މިލިއަން ރުފިޔާ

6 ޑިސެންބަރު:  5.6 މިލިއަން ރުފިޔާ

8 ޑިސެންބަރު:  3.5 މިލިއަން ރުފިޔާ

9 ޑިސެންބަރު:  2.7 މިލިއަން ރުފިޔާ

11 ޑިސެންބަރު:  3.9 މިލިއަން ރުފިޔާ

12 ޑިސެންބަރު:  2.9 މިލިއަން ރުފިޔާ

13 ޑިސެންބަރު:  6 މިލިއަން ރުފިޔާ

15 ޑިސެންބަރު  4.2 މިލިއަން ރުފިޔާ

16 ޑިސެންބަރު:  4.3 މިލިއަން ރުފިޔާ

18 ޑިސެންބަރު:  2.6 މިލިއަން ރުފިޔާ

20 ޑިސެންބަރު:  4.2 މިލިއަން ރުފިޔާ

22 ޑިސެންބަރު:  2.4 މިލިއަން ރުފިޔާ

23 ޑިސެންބަރު:  1.7 މިލިއަން ރުފިޔާ

24 ޑިސެންބަރު:  1.6 މިލިއަން ރުފިޔާ

25 ޑިސެންބަރު:  3 މިލިއަން ރުފިޔާ

26 ޑިސެންބަރު:  3.6 މިލިއަން ރުފިޔާ

27 ޑިސެންބަރު:  3.6 މިލިއަން ރުފިޔާ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ކުރީ ސަރުކާރުން މަސްވެރިންނަށް ދޫނުކޮށް އޮތް 250 މިލިއަނެއްހާ ރުފިޔާ އޮތެވެ. އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ އަހަރު މަސްވެރިންނަށް ދޫކުރަންޖެހޭ ފައިސާ ދޫކޮށް ނިންމަވައި، 2024 ވަނަ އަހަރުގެ މަސްވެރިންގެ ދުވަހު 48 ގަޑިއިރުތެރޭ މަސްވެރިންނަށް ފައިސާ ލިބޭނެ އިންތިޒާމު ރައީސް ހަމަޖެއްސެވިއެވެ. 

އެއަށްފަހު ކިރުވާ މަހަށް 48 ގަޑިއިރު ތެރޭ މަސްވެރިންނަށް ފައިސާ ދޫކުރަމުން އަންނައިރު މި ބަދަލާއެކު މަސްވެރިކަމަށް ބޮޑު ކުރިއެރުމެއް އައިސްފައިވެއެވެ. އެގޮތުން މަސްވެރިން ބާނާ މަސް ކިރުވާ މިންވަރާއި މަސް ބޭރުކުރާ މިންވަރު އިތުރުވެފައިވެއެވެ. 

މީގެއިތުރުން، ދާދިފަހުން ސަރުކާރުން ވަނީ މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ވެސް ހެޔޮކޮށްދީފައެވެ. ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތަށް މިފްކޯއިން މަސްވެރިންނަށް ވިއްކާ ތެލުގެ އަގަށް ގެނައި ބަދަލަކީ މަސްވެރިންނަށް ދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

މަސްވެރިން ކުރާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމަކީ ސަރުކާރުން ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު