ENGLISH
27 ޑިސެމްބަރު 2025
ޖައިޝާން ސަޢީދުގެ މައްޗަށް 89 ދައުވާއެއް ސާބިތުވެއްޖެ
27 ޑިސެމްބަރު 2025
|
ޖައިޝާން ކޯޓްގައި --
ހަންބޯ މޯލްޑިވްސް ކުންފުނި ބޭނުން ކޮށްގެން އެ ކުންފުނީގެ ކުރީގެ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ)، ކޭ-ޕާކްގެ ފްލެޓްތައް މަކަރާއި ހީލަތުން ނުއަގުގައި ވިއްކި މައްސަލާގައި ދައުވާ އުފުލާފައިވާ ޖައިޝާން ސަޢީދުގެ މަައްޗަށް ހުރިހާ ދައުވާތަކެއް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.
މަމްދޫހްގެ ޕާސަނަލް އެސިސްޓެންޓެއްގެ ގޮތުގައި އެ ކުންފުނީގައި މަސައްކަތް ކުރި ޖައިޝާން ސަޢީދުގެ މައްޗަށްގެ ދައުލަތުން ވަނީ 89 ދައުވާއެއް އުފުލާފަ އެވެ. އެއީ ޓެކުމުގައި ބައިވެރިވުމުގެ 45 ދައުވާ އަކާއި އޮޅުވާލުމުގެ ޢަމަލެއް ކުރުމުގެ 40 ދައުވާ އަކާއި މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ޞައްޙަނޫން ލިޔުމެއް ދިނުމުގައި ތިން ދައުވާ އަކާއި މަނީ ލޯންޑަރކުރުމަށް އެހީތެރިވުމުގެ ދައުވާ އެކެވެ.
މި ހުރިހާ ދައުވާއެއް އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ވަނީ ކަނޑައަޅާފަ އެވެ. މި ދައުވާތައް ސާބިތުވާކަމަށް ކަނޑައެޅުމާ ގުޅިގެން އަދަބު ކަނޑައެޅެންދެން ޖައިޝާން ވަނީ ބަންދުކޮށްފަ އެވެ.
ހަންބޯ މޯލްޑިވްސް ކުންފުނި ބޭނުން ކޮށްގެން އެ ކުންފުނީގެ ކުރީގެ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ)ގެ މައްޗަށް ވަނީ 94 ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅާފަ އެވެ.