ENGLISH

21 މާރިޗު 2026

Advertisement

ނުފެނިގެން ހޯދަމުންދިޔަ މީހާ އަމިއްލައަށް ފުލުހަށް ހާޒިރުވެއްޖެ

27 ޑިސެމްބަރު 2025

|

އަޙުމަދު ޙަމީދު

ގދ. ވާދޫ / ސަބާހާމަންޒިލް، އިޒާމް ޒާހިރު

ގދ. ވާދޫ / ސަބާހާމަންޒިލް، އިޒާމް ޒާހިރު ހޯދުމަށް އެތައް ފަހަރަކު އިއުލާނުކޮށްގެން ވެސް މިހާތަަނަށް ހޯދިފައިނުވާ ކަމަށް ފުލުުހުން ހާމަކޮށްފައި ވަނިކޮށް އޭނާ އަމިއްލައަށް ފުލުހުންގެ އިދާރާއަށް ހާޒިރުވެއްޖެ އެވެ.

ނޫސްވެރިއަކު ރޭ ވަނީ އިޒާމް ހޯދަން ކުރަމުންދާ މަސައްކަތާއި ގުޅޭގޮތުން ސުވާލުކޮށްފަ އެވެ. އެ ސުވާލާއި ގުޅިގެން ފުލުހުން ބުނީ އިޒާމް ޒާހިރު، ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް އެކި ފަހަރު މަތިން ކޯޓުން ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވާ ކަމަށެވެ.

އަދި ބުނީ އެ މީހާ ކޯޓަށް ހާޒިރުކުރުމަށް ހޯދުމަށްޓަކައި 9 ފަހަރެއްގެ މަތިން ފުލުހުން ވާނީ އިއުލާންކޮށްފައި ކަމަށެވެ. ނަމަވެސް މިހާތަނަށް ކުރެވުނު މަސައްކަތުން އިޒާމް ފެނިފައިނުވާ ކަމަށް ބުންޏެވެ.

ފުލުހުން މިއަދު ބުނި ގޮތުގައި އިޒާމް މިއަދު އަމިއްލައަށް ފުލުހުންގެ ކަސްޓޯޑިއަލްއަށް ހާޒިރުވުމުން ވަނީ ހައްޔަރުކޮށްފައި ކަމަށެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ބަންދުގައި ބަހައްޓައިގެން ޑިސެންބަރު 30 ވަނަ ދުވަހު ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރު ތަންފީޒުކުރުމަށް ކަމަށް ވެސް ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު