ENGLISH

18 އޮކްޓޯބަރު 2025

Advertisement

ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް ދޭ އެލަވަންސް ބޮޑުކޮށްފި

18 އޮކްޓޯބަރު 2025

|

ޝިފްޒާން އަޙްމަދު

ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން

އެކި ކުޅިވަރުތަކުގައި ގައުމީ ޓީމުތަކުގައި ރާއްޖެ ތަމްސީލުކުރާ ކުޅުންތެރިންނަށާއި އޮފިޝަަލުންނަށް ކޮންމެ މަހަކު ސަރުކާރުން ދޭ އެލަވެންސް ބޮޑުކުރަން ނިންމައިފިއެވެ. 

މީގެ ކުރިން ގައުމީ ޓީމުގެ ކުޅުންތެރިންނާއި، އޮފިޝަލުންނަށް ދެމުންއައީ މަހެއްގެ މައްޗަށް 5،000 ރުފިޔާގެ އެލަވަންސެކެވެ. ސަރުކާރުން ނިންމާފައިވަނީ އެ އެލަވަންސް 7،000 ރުފިޔާއަށް އިތުރުކުރުމަށެވެ. 

މި އަހަރުގެ ރިޔާސީ ބަޔާނުގައި ކުޅިވަރުގެ ދާއިރާ ތަރައްގީކުރުމަށް ސަރުކާރުން މި އަހަރު ތަންފީޒުކުރާ ސިޔާސަތުތަކާމެދު ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުވަނީ ގައުމީ ޓީމުތަކުގައި އެކި ކުޅިވަރުތަކުގައި ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެ ތަމްސީލުކުރާ ކުޅުންތެރިންނަށް ސަރުކާރުން ދެމުންދާ އެލަވަންސް އިތުރުކޮށްދެއްވާނެ ކަމަަށް ވިދާޅުވެފައެވެ. 

ބުރާސްފަަތި ދުވަހު ކުޅިވަރާ ބެހޭ ވުޒާރާއިން ނެރުނު ސާކިއުލާއެއްގައި ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް ދޭ އިނާޔަތް އިތުރުކުރަން ނިންމިކަން ހުރިހާ އެސޯސިއޭޝަންތަކަށް އަންގާފައެވެ. އެ ސާކިއުލާގައި ބުނެފައިވަނީ މި އަހަރުގެ މޭ މަހުން ފެށިގެން ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް ދޭ އެލަވަންސް ބޮޑުކޮށްފައިވާ ކަމަށެވެ. 

އެގޮތުން ގައުމީ ޓީމުތަކުގެ ކުޅުންތެރިންނާއި، އޮފިޝަަލުންނާއި، "ޕެރަ" ކުޅުންތެރިންނަށް ބޮޑުކުރި އެލަވަންސް ލިބެމުންދާނެ ކަމުގައި މިނިސްޓްރީގެ ސާކިއުލާގައި ބުނެފައިވެއެވެ. 

ކުޅިވަރު ވުޒާރާއިން އަންގާފައިވާ ގޮތުގައި، 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު 15 އިން ފެށިގެން އެސޯސިއޭޝަންތަކުގެ މުސާރަ ޝީޓްތަކުގައި 7،000 ރުފިޔާގެ އެލަވަންސް ހިމަނަންވާނެއެވެ. އަދި 2025 ވަނަ އަހަރުގެ މޭ މަހުން ފެށިގެން އިތުރުކުރެވުނު މުސާރައިގެ ބާކީ ހުރި އަދަދު ކުޅުންތެރިންނަށް ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ވުޒާރާއިން ހާމަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު