ENGLISH
03 އޮކްޓޯބަރު 2025
މިނިސްޓަރު ސަޢީދު ވިދާޅުވެ ދެއްވީ އެމްޑީޕީގެ ހަޤީޤަތް
03 އޮކްޓޯބަރު 2025
|
އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު --
އެމްޑީޕީން ރައްޔިތުންނަށް އޮޅުވާލަން މިއަދު މުޒާހަރާއަށް ނިކުންނަން ތައްޔާރުވާއިރު އެ ޕާޓީގެ ހަޤީޤަތް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެ ދެއްވައިފި އެވެ.
މިނިސްޓަރު ސަޢީދު މިހެން ވިދާޅުވީ އިދިކޮޅު އެމްޑީޕީން އިސްނަގައިގެން މިރޭ މާލޭގައި ބާއްވަން އުޅޭ މުޒާހަރާ އަކީ ގައުމު އިނދަޖައްސާލަން ކުރާ ކަމެއް ކަމަށާއި އެ މުޒާހަރާގައި އެއްވެސް މީހަކު ބައިވެރިނުވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މަޖިލިސް މެންބަރު ގާސިމް އިބްރާހިމް އިލްތިމާސް ކުރެއްވުމާއި ގުޅިގެން އެ ޕޯސްޓް ރި-ޕޯސްޓް ކުރައްވާ ކުރެއްވި ޕޯސްޓެއްގަ އެވެ.
ގާސިމްގެ އެ ވާހަކަފުޅަކީ ވަރަށް ހެޔޮ ބަސްފުޅެއްކަން ފާހަގަކުރައްވާ މިނިސްޓަރު ސަޢީދު ވިދާޅުވީ ތަންތަނުގަައި ހުޅުޖަހައި، ޓޫރިޒަމް ބޮއިކޮޓް ކުރުމަށް ގޮވާލާ، އެފަދަ އެތައް ކަމަކަށް ހިތްވަރުދިން ބަޔަކު އެއިރު އެކަން ކުރީ “އިންސާފު” ހޯދުމަށް ކަމަށް ބުނެ ކަމަށެވެ.
އަދި އޭރު އެމްޑީޕީން ނިކުތީ ކޮރަޕްޝަން ހުއްޓުވަން ބުނެ ކަމަށާ އެ ޕާޓީއަށް ސަރުކާރު ދޭން އެދުނު ކަމަށެވެ. އަދި ސަރުކާރު ލިބި މަޖިލީސް ވެސް ލިބުނު ކަމަށް ސަޢީދު ވިދާޅުވި އެވެ. ނަމަވެސް ހޯދުނުއިންސާފެއް އެބައޮތްތޯ ސުވާލު ކުރެއްވި އެވެ.
އަދި އެޅި އިސްލާހިި ފިޔަވަޅެއް އެބައޮތްތޯ ވެސް މިނިސްޓަރު ސުވާލު ކުރެއްވި އެވެ.
އޭގެބަދަލުގައި ސަރުކާރާއި ކުންފުނިތައް އަޑިނޭނގޭ ފުއްމިނަށް ގަންބާލީ ކަމުގައި ވިދާޅުވި އެވެ. އަދި ގެނައިހައި އެއްޗަކީ ވެސް ދަރަނީގެ ރަންޒަމާނެއް ކަމަށް ވިދާޅުވި އެވެ. މިނިސްޓަރު ވަނީ އެދަރަނިން އުފެއްދި އާމްދަނީ ލިބޭ އެންމެ ކަމެއްވެސް ދެއްކެވުމަށް އެދިވަޑައިގެންފަ އެވެ. އަދި އެމްޑީޕީން ސަރުކާރު ލިބުމުން ކުރިހާ ވެސް ކަމަކީ ބަދަލު ދިނުން ކަމަށް ވިދާޅުވި އެވެ.