ENGLISH
03 އޮކްޓޯބަރު 2025
ކެޔޮޅުންގެ އެވޯޑާއި ޚިދުމަތްތެރި ފަރުމަސްވެރިޔާގެ އެވޯޑަށް ހުޅުވާލައިފި
03 އޮކްޓޯބަރު 2025
|
ބަޔަކު މަސްވެރިކަމުގައި --
މަސްވެރިންގެ ދުވަހާއި ގުޅިގެން ހޮވާ ކެޔޮޅުންގެ އެވޯޑާއި ޚިދުމަތްތެރި ފަރުމަސްވެރިޔާގެ އެވޯޑަށް އެދި ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ.
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އިން ބުނީ 2025 ވަނަ އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ރ. ދުވާފަރުގައި ބާއްވާ ޙަފްލާގައި ދޭން ހަމަޖެހިފައިވާ އެވޯޑުތަކަށް ނަން ހުށަހެޅުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައި ކަމަށެވެ.
އެގޮތުން މިހާރުވެސް މަސްވެރިކަމުގައި ޢަމަލީގޮތުން އުޅޭ، އަދި މަސްވެރިކަން ފިޔަވައި، އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ އެންމެ ޚިދުމަތްތެރި ޒުވާން ކެޔޮޅު (35 އަހަރުން ދަށް) ގެ އެވޯޑަށް ވަނީ ހުޅުވާލާފަ އެވެ. މީގެ އިތުރުން ހުޅުވާލީ އެންމެ ތަޖުރިބާކާރު ކެޔޮޅު ކަމަށާއި ފަރުމަސްވެރިޔާގެ އެވޯޑަށެވެ.
މި ތިން އެވޯޑުގެ ތެރެއިން އެވޯޑަކަށް ކުރިމަތިލުމަށް ބޭނުންވާ، ޝަރުތުތައް ފުރިހަމަވާ މީހުން ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު 23 އޮކްޓޫބަރު ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އެ މިނިސްޓްރީއަށް ހުށައެޅުމަށް ވަނީ އެދިފަ އެވެ.